ޚަބަރު ފީތާ

ޔޫރޯ 2020: މިއަދު ކުޅުނު ގްރޫޕް ސީގެ މެޗު ޔޫކްރެއިނުން ކާމިޔާކޮށްފި

ޔޫރޯ 2020 ގައި މިއަދު ކުޅުނު ގްރޫޕް ސީގެ މެޗު ޔޫކްރެއިނުން ކާމިޔާކޮށްފި އެވެ.

ޗަރެސްޓްގެ ނޭޝަނަލް އެރީނާގައި ކުޅުނު މި މެޗު އެ ޓީމުން މި މެޗު ކާމިޔާބު ކުރީ ނޯތު މެސަޑޯނިއާ އާ ވާދަކޮށް 2 ލަނޑު 1 ލަނޑުން ނެވެ.

މި މެޗުގެ ފުރަތަމަ ގޯލް ޖަހާފައިވަނީ ލިބުނު ކޯނަރަކުން ގޯލުކުރިމައްޗަށް ހުރަސްވި ބޯޅަ ގޯލަށް ވައްދާލައިގެން ޔާމަލެންކޯ އެވެ. އަދި އޭގެ ފަސްވަރަކަށް މިނެޓް ފަހުން ޔޫކްރެއިނުން ލީޑު ފުޅާކުރީ ޔަރެމްޗުކް ޖަހައިދިން ގޯލުން ނެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ނޯތު މެސަޑޯނިއާއަށް ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް އެޓީމު ފަރަގު ކުޑަކުރި އެވެ. ލީޑްސް ޔުނައިޓެޑްގެ އަލިއޯސްކީ ފުރަތަމަ ފޮނުވާލި ބޯޅަ ބުޝްޗާން މަތަކުރި ނަމަވެސް، އޭނާ ވަނީ ރީބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

މި މެޗުގެ ފަހު ހާފުގައި ޔޫކްރެއިނަށް ވެސް ވަނީ ޕެނަލްޓީއެއް ލިބި ކާމިޔާބު ނުކުރެވިފަ އެވެ.

މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ޔޫކްރެއިން އޮތީ ތިންވަނައިގަ އެވެ. އެޓީމަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައި އޮތް އިރު، އެއް މެޗު ކުޅެފައިވާ ނެދަލެންޑްސް ވެސް ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކު އެވެ.

އެއްވަނައިގައި ފައިދާ ގޯލުގެ ތަފާތުން އޮތީ އޮސްޓްރިއާ އެވެ. ޕޮއިންޓެއް ނުލިބި އޮތް ނޯތު މެސަޑޯނިއާއަށް ދެން ގަދަ 16 އަށް އޮތީ އުނދަގޫ އަދި ވަރަށް ހަނި ފުރުސަތެކެވެ.

މިރޭ ކުރިއަށް ހުރި މެޗުތައް

21:00 ބެލްޖިއަމް – ޑެންމާކު
00:00 ނެދަލޭންޑްސް – އޮސްޓްރިއާ

Like
Like Love Haha Wow Sad Angry
%d bloggers like this: