ކެޔޮދޫ މޮނިޓަރިންގ ހާލަތުން ނަގައިފި

ވ. ކެޔޮދޫ މޮނިޓަރިންގ ހާލަތުން ނަގައި، ޢާންމު ހާލަތަށް ގެނެސްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެރަށު ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ވަނީ މިއަދުން (ޖޫން 17، 2021) ފެށިގެން އުވާލާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ މޮނިޓަރިން އުވާލީ، މޮނިޓަރިންގ ހާލކަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ.

Keyodhoo HPA

މިކަމާއިގުޅިގެން ކެޔޮދޫ ކައުންސިލުން ނެރެފައިވާ ޚާއްސަ ދެންނެވުމުގައި ވަނީ އެރަށުގައި ކޮވިޑުގެ ހާލަތު ރަނގަޅުވެފައިވާތީ، މޮނިޓަރިންގ ހާލަތުން ނަގާފައިވާ ކަމަށެވެ.

އެހެންނަމަވެސް ގެއިން ބޭރަށް ނުކުންނަ އިރު، މާސްކު އެޅުމަާއި ގައިދުރުކަން ބެހެއްޓުމަށް ރައްޔިތުންގެ ކިބައިން ވަނީ އެދިފަ އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކަށް ޢަމަލުކުރުމަށް ވެސް ވަނީއެދިފަ އެވެ.

Keyodhoo Council

ކެޔޮދޫއިން ކޮވިޑު ކޭސްއެއް ފެނިގެން މޮނިޓަރިންގ އަށްލާފައިވަނީ މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ އެ ރަށުން މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.