ޚަބަރު ފީތާ

ހިންނަވަރު ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް އެލް ބްލޮކްތައް އެރަށަށް ގެންގޮޮސްފި

ފާދިއްޕޮޅު (ޅ. އަތޮޅު) ހިންނަވަރު ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް އެލް ބްލޮކްތައް އެރަށަށް ގެންގޮޮސްފި އެވެ.

އެ މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީން ބުނީ އެރަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް އެލް ބްލޮކްތައް އަތޮޅު ތިލަފުށިން ހިންނަވަރަށް ލޯޑުކޮށފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކާ، 65،170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ނިންމާފައިވާ އިރު، 421 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން 123.9 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާ، 170.55 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވެސް މި މަޝްރޫޢުގައި ހިމެނިފައިވާ ކަަމަށް އެމްޓީސީސީން ބުނެ އެވެ.

99.52 މިލިއަން ރުފިޔާގެ މި މަޝްރޫއު 350 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ އިރު، މި މަޝްރޫއު އެމްޓީސީސިއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

Like
Like Love Haha Wow Sad Angry