ޚަބަރު ފީތާ

އިޒްރޭލާއި ރާއްޖެއާ ދެމެދު ޑައިރެކްޓް ފްލައިޓު ނުބާއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި

ދިވެހިރާއްޖެ އާއި އިޒްރޭލާއި ދެމެދު ޑައިރެކްޓް ފްލައިޓު ނުބާއްވާނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ ރާއްޖެއާއި އިޒްރޭލާ ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވުމަށް ނިންމާފައިވާކަމަށް ބުނެ، އިޒްރޭލުގެ މީޑިއާގައި ޚަބަރުތައް ފަތުރަމުންދާތީ އެއަށް ޢިޝާރާތްކޮށް ނެރުނު ނޫސްބަޔާނެއްގަ އެވެ.

އެ މިނިިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އެއީ ހަޤީޤަތާއި ޙިލާފް ވާހަކަތަކެއް ކަމަށެވެ. އަދި ރާއްޖެއާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވަރަކަށް މަޝްވަރާކުރެވި އަދި ދަތުރު ކުރުމަށް އެއްވެސް އެއަރލައިނަކަށް ހުއްދަ ދީފައިވެސް ނުވާކަމަށެވެ.

މީގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ނުވާ ކަމަށާއި ދިވެހި ސަރުކާރުން މިފަދަ ހުއްދައެއް ދިނުމަށް ވިސްނާފައިވެސް ނުވާކަމަށް ވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރާއްޖެއާއި އިސްރާއިލްއާއި ދެމެދު ވައިގެ ދަތުރުފަތުުރުތަށް ފަށަން އުޅޭ ކަމަށް ވާހަކަ ދެކެވެން ފެށީ އިސްރާއިލް ހަޔޫމް ކިޔާ ވެބްސައިޓެއްގައި އެއަރ ސީޝެލްސްއިން ސެޕްޓެމްބަރުމަހު އިސްރާއިލާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުތައް ފަށަން އުޅޭ ކަމަށް ބުނެ ޝާއިއު ކުރި ޚަބަަރަކާއި ގުޅިގެން ނެވެ.

ރާއްޖެއާއި އިސްރާއީލާއި ދެމެދު ސިޔާސީ އެއްވެސް ގުޅުމެއް ނޯންނައިރު، އިސްރާއީލުގެ އުފެއްދުންތައްވެސް ރާއްޖެ އެތެރެކުރުން ސަރުކާރުން އޮންނަނީ މަނާކޮށްފަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: