ޔޫރޯ 2020: ( ގުރޫޕް ސީ) ނޯތް މެސެޑޯނިއާ – ޔޫކްރެއިން

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގައި މިއަދު ނޯތް މެސެޑޯނިއާ އަދި ޔޫކްރެއިން ބައްދަލުކުރާ މެޗަކީ ވެސް ވަރުގަދަ އަދި ވަރަށްް ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ. ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗަށް މިއަދު ހަވީރު ނޯތް މެސެޑޯނިއާ އަދި ޔޫކްރެއިން ނިކުންނައިރު، މި ދެޓީމުވެސް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. އެހެން ކަމުން މިއަދުގެ މި މެޗަކީ ދެ ޓީމަށްވެސް ހުރިހާ ގޮތަކުންވެސް ދެވަނަ ބުރަށް ދިއުމަށް މޮޅުވުން މަޖުބޫރު މެޗަކަށް ވެގެންދާނެއެވެ. މި މެޗުން ކޮންމެ ޓީމެއް ބަލިވިއަސް މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވާނެވެ.

މި ދެޓީމު ހިމެނޭ ގުރޫޕް ސީއަށް ބަލާއިރު، މި ގުރޫޕުގެ އެއްވަނާގައި މިވަގުތު އޮތީ އޮސްޓްރިއާއެވެ. ދެވަނާގައި އޮތީ ނެދަލެންޑްސް އެވެ. އޮސްޓްރިއާ އަދި ނެދަލެންޑްސް ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައިވާއިރު، ދެޓީމަށްވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ނަމަވެސް އޮސްޓްރިއާއަށް ގުރޫޕް ސީގެ އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގުރޫޕުގައި މިހާތަނަށް ޕޮއިންޓެއް ނުލިބިވަނީ ނޯތް މެސެޑޯނިއާ އާއި ޔޫކްރެއިންއަށެވެ. މި ދެޓީމުވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ.

އިޝްތިހާރު Below Header ad

ނޯތް މެސެޑޯނިއާ އަދި ޔޫކްރެއިންގެ ތާރީޚީ ކުރިމަތިލުންތައް

ނޯތް މެސެޑޯނިއާ އަދި ޔޫކްރެއިން މިހާތަނަށް ބައްދަލުކޮށްފައިވަނީ ހަތަރު ފަހަރުގައެވެ. އޭގެ ތެރެއިން ޔޫކްރެއިން ދެފަހަރު މޮޅުވިއިރު، ނޯތް މެސެޑޯނިއާ މޮޅުވެފައިވަނީ އެންމެ ފަހަރަކުއެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައެވެ. އެފަހަރު 0-2 ގެ ނަތީޖާއިން މޮޅުވީ ޔޫކްރެއިންނެވެ.

ދެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތައް

ޔޫކްރެއިން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ ދެ މެޗުންނެވެ. ދެ މެޗުން ބަލިވިއިރު، ދެމެޗުން ވަނީ އެއްވަރުވެފައެވެ.

ނޯތް މެސެޑޯނިއާ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ ތިން މެޗުންނެވެ. ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

ނޯތް މެސެޑޯނިއާ އަދި ޔޫކްރެއިން ބައްދަލުކުރާ ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖޭ ގަޑިން 6 ޖަހާއިރުގައެވެ. މި މެޗު ކުޅޭނީ ބުކަރެސްޓް ނޭޝަނަލް އެރީނާގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.