ތިމާވެއްޓަށް އިންސާނުންގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެ އެކަންކަމާ ވިސްނަން ޖެހޭ

މީހުންގެ ޢަމަލުތަކަށާއި، ތިމާވެއްޓަށް އިންސާނުންގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެ އެކަންކަމާ ވިސްނަން ޖެހޭކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސައިންސް އެންޑް ޓެކްނޯލޮޖީގެ ދެވަނަ ސަމިޓުގައި ދެއްވި ތަޤްރީރުގައި މިނިސްޓަރެ ވިދާޅުވީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާ، 1 ފަރު އަދި 1 ކަނޑޫފާ ހިމެނޭގޮތަށް ހިމާޔަތްކުރުމަކީ މިސަރުކާރުގެ ވަޢުދެއް ކަމަށެވެ. އަދި އަތޮޅުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް މުޅި އަތޮޅު ބަޔޯސްފިއަރ ރިޒަރވެއް ގޮތުގައި ކަނޑައަޅާނެ ކަމަށަވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން މީހުންގެ ސިއްޙަތާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް، ދިވެހިރާއްޖެއަށް ވަކި ބާވަތެއްގެ ޕްލާސްޓިކް އެތެރެކުރުމާއި، އުފެއްދުމާއި ބޭނުންކުރުން މަނާކޮށް، ތިމާވެއްޓާއި ރައްޓެހި ތަކެތި ޕްރޮމޯޓް ކުރުމުގެ ގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން ތަންފީޒު ކުރަން ފަށާފައިވާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެންވަޔަރްމެންޓް މިނިސްޓަރ ވިދާޅުވީ 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެ ނެޓު ޒީރޯ ޤައުމަކަށް ހެދުމަށްޓަކައި، ރާއްޖޭގެ 60 އަށްވުރެ ގިނަ ރަށުގައި ސޯލާރ ޕީވީ ހައިބްރިޑް ސިސްޓަމްތައް ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖެއަށް ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށް ނެޝަނަލް ރިޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގައިވާ ގޮތަށް، ގަވަރމަންޓް ޓެކްނޯލޮޖީ އޭޖެންސީއެއް ޤާއިމުކުރެވޭނެ ކަމަށެވެ.

” ޑިޖިޓަލް ނޭޝަނަލް އައިޑެންޓިޓީވެސް ތަޢާރަފުކުރެވިގެން ދާނެ. ކުރިއަށްއޮތް ދެ އަހަރުގެ އަމާޒަކީ ސަރުކާރުން ދޭ ޚިދުމަތްތަކާއި، ސިއްޙީ ގިނަ ޚިދުމަތުމްތައް އޮންލައިންކޮށް ލިބިގަނެވޭނެ ގޮތްތައް ހަމަޖެއްސުން. އިސްލާމްދީން ބުނެދެނީ ލިބިފައިވާ ޢިލްމުގެ ބޭނުން ހިފުމަށް. މިހާރު ޤައުމުތަކުގައި ހުރި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި ހުރި ދަތިތަކުން އަރައިގަތުމަށް ޢިލްމާއި، ފަންނީ ލަފައާއި ވަޞީލަތްތައް ޤައުމުތަކުގެ މެދުގައި ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް.” މިނިސްޓަރ ޝައުނާ ވިދާޅޫވި އެވެ.

މިނިސްޓަރ ވަނީ ސައިންސް، ޓެކްނޯލޮޖީ، ސިއްޙަތު އަދި ތަޢުލީމާއި ތިމާވެށީގެ އިތުރުން އަންހެނުން ބާރުވެރިކުރުމާއި އެހެނިހެންވެސް ދާއިރާތައް ކުރިއެރުވުމަށް މެމްބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް އޯއައިސީގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވާފަ އެވެ.

މިނިސްޓަރ ވިދާޅުވީ، މީހުންގެ ޢަމަލުތަކަށާއި، ތިމާވެއްޓަށް އިންސާނުންގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެ އެކަންކަމާ ވިސްނަން ޖެހޭ ކަމަށެވެ.

ރާއްޖެއިން އޯއައިސީގެ މެމްބަރު ޤައުމަކަށްވީ 1976 ވަނަ އަހަރު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.