ވެލާކަހަނބަކީ ފަރުގެ މާހައުލީ ނިޒާމު ރަގަޅަށް ފަންކްޝަން ކުރުމަށް މުހިންމު ބާވަތެއް!

ވެލާކަހަނބަކީ ފަރުގެ މާހައުލީ ނިޒާމު ރަގަޅަށް ފަންކްޝަން ކުރުމަށް ވަރަށް މުހިންމު ބާވަތެކެވެ.

އެގޮތުން ވެލާ މޫދުވިނަ ގަނޑު ބަލަހައްޓާދެއެވެ. އެސޮރުމެން މޫދުވިނަ ކެއުމުން، މޫދުވިނަ ގަނޑު މާބޮޑަށް ހެދުމުގެ ސަބަބުން އޮއެވަރު ބަދަލުވުމާއި މޫދުވިނައިގައި އުފެދޭ ފަންގަސް ފަދަ އެއްޗެހި އެޅުމުން ރައްކާތެރިކޮއްދެއެވެ.

އިޝްތިހާރު Below Header ad

މޫދުވިނަ އަކީ މަސް އާލާވުމަށް ވަރަށް މުހިންމު މާހައުލެއްކަމުން، މޫދުވިނަ ރަގަޅު ހާލަތެއްގައި ބޭވުމަކީ ވަރަށް މުހިންމުކަމެކެވެ. ކަހަނބަކީ ފަރުތަކުގައި އުފެދޭ ސްޕޮންޖް ކައި އުޅޭ ބާވަތެކެވެ.

turtle 1

ފަރުތަކުގައި ސްޕޮންޖް މާގިނަވުމަކީ އެތަންތަނުގައި މުރަކަ އުފެދުމަށް އެޅޭ ހުރަހެކެވެ. އަދި ސްޕޮންޖު މާ ގިނަވުމުން ފަރުތަކުން ކާނާހޯދާ އެހެން ބާވަތްތަކުގެ ދިރުމަށް އުނދަގޫ ވެއެވެ. އެހެން ކަމުން ކަހަނބު ސްޕޮންޖު ކައި، ފަރުގައި ސްޕޮންޖު އާލާވާ މިންވަރު ކޮންޓްރޯލްކޮއްފައި ހުރުމަކީ ފަރުގެ މާހައުލު ރަގަޅަށް ފަންކްޝަންކުރުމަށް ވަރަށް މުހިންމު ކަމެކެވެ. އަދި ކަނޑުތަކުގައި ޖެލީ ފިޝްގެ އަދަދު ކޮންޓްރޯލް ކުރުމާއި ނިއުޓްރިއަންޓް ސައިކަލް ކުރުން ފަދަ މުހިންމު ރޯލުތައް ވެލާ ކަހަނބު އަދާ ކުރެއެވެ.

ވެލާ ކަހަނބަކީ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ވަރަށް މުހިންމު ބާވަތެކެވެ. 2019 ވަނަ އަހަރު ޓުއަރިޒަމް މިނިސްޓްރީއިން ނެރުނު ވިޒިޓާސް ސާވޭއިން އިގޭ ގޮތުގައި %57 ފަތުރުވެރިން ދިވެހިރާއްޖެ ހިޔާރުކުރީ ކަނޑު އަޑީގެ މާހައުލު ރީތިވުމުންނެވެ. އަދި %22 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ސްނޯކަލްކޮށް ފީނުމަށެވެ.

turtle 2

ޝައްކެއްނެތް ގޮތުގައި މިފަދަ ދަތުރު ތަކުގައި ވެލާކަހަނބު ފެނުމަކީ ފަތުރުވެރިންގެ ދަތުރު އިތުރަށް ފުރިހަމަކޮއްދޭނެ ކަމަކަށެވެ. ވަކިން ހާއްސަކޮށް ދުނިޔެއިން ވެލާކަހަނބު ފެންނަލެއް މަދުވެފައިވާ ދަނޑިވަޅެއްގައި މިފަދަ މަންޒަރުތައް ރާއްޖެއިން ފެނުމަކީ ފަތުރުވެރިން ރާއްޖެ އައުމަށް ޝައުގުވެރިކުރުވާނެކަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.