ޔޫތް މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމްއާ ހަވާލު ކުރައްވައިފި

ޔޫތް މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމްއާ ހަވާލު ކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމްއާ ޔޫތް މިނިސްޓްރީ ހިންގެވުން ހަވާލުކުރައްވާފައިމިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ކޮރަޕްޝަންގެ މައްސަލައިގާ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފު މަގާމުން އެކަހެރި ކުރައްވާފައިވާތީ އެވެ.

އިޝްތިހާރު Below Header ad

މަހްލޫފުގެ މައްޗަށް ދައުވާ އުފުލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މިހާރުވަނީ ފޮނުވާފަ އެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަނާ ގުޅިގެން މަހްލޫފަށް ދައުވާކުރަން ފޮނުވުމުން އޭނާ ވަނީ އެކަމާ ގުޅިގެން މަހްލޫފުގެ ފޭސްބުކްގައި އޭނާ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޚިޔާނާތުގެ މައްސަލާގައި އޭނާއާ މެދު އަމަލުކުރަމުން ދަނީ ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާއަށް ތުހުމަތު ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، އޭނާ މިނިސްޓަރު ކަމުން ވަކިކުރަން ކަމަށެވެ.

މީގެ އިތުރުން އޭނާއަކީ މިނިސްޓަރުކަމުގެ މަގާމުގައި ބަގުުޑިި ބައްދައިގެން ހުންނާނެ މީހެއް ނޫން ކަމަށާއި ގާނޫނާއި ގަވާއިދާއި އެއްގޮތަށް ސިޔާސީ ނުފޫޒު ނެތި އޭނާއަށް ދައުވާކުރަން ފޮނުވިނަމަ ކުރިން ވިދާޅުވިގޮތަށް އިސްތިއުފާ ދެއްވާނެކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.