ޚަބަރު ފީތާ

ދ. މީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ދ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީން ބުނީ އެ މަސައްކަތް ފަށާފައިވަނީ މިއަދު ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކޮށް، 373 މީޓަރުގެ ބޭރުތޮށި ލާ، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 294 މީޓަރުގެ އެއްގަމުތޮށި ލާ، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހަދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން 1,470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާ، ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމަށް ވެސް މަ މަޝްރޫއުގައި ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މިއީ 34.07 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

Like
Like Love Haha Wow Sad Angry