ޚަބަރު ފީތާ

ގައުމީ ހޭންޑްބޯލް ދަނޑުގައި ސިންތެޓިކް ފްލޯރިން އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ގައުމީ ހޭންޑްބޯލް ދަނޑުގައި ސިންތެޓިކް ފްލޯރިން އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްޕޯރޓްސް އިންޖިނޭރިންގ އެންޑް ރެކްރިއޭޝަން އޭޝިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ ކުންފުންޏާ މި މަަސައްކަތް ހަވާލުކުރީ ގައުމީ ހޭންޑްބޯލް ދަނޑުގައި ސިންތެޓިކް ފްލޯރިން އަޅާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމުން ބިޑް ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބު ކޮށްފައިވާތީ އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ހޭންޑްބޯލް އެސޯސިއޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެސޯސިއޭޝަން ގެ ރައީސް އަހްމަދު އިސްމާއިލް އެވެ. ސިއެރާ މޯލްޑިވްސް ގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ ވާޞިފް ވަޙީދު އެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ 1،609،152.08 ރުފިޔާއެވެ. އަދި މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ މުއްދަތަކީ ކޮންޓްރެކްޓްގައި ސޮއި ކުރާދުވަހުން ފެށިގެން 136 ދުވަހެވެ.

Like
Like Love Haha Wow Sad Angry