ޚަބަރު ފީތާ

ރާއްޖެ އިޝްތިހާރު ކުރުމަށް އިމޭޖިން މެގަޒިން އާއެކު އެމްއެމްޕީއާރްސީން ކެމްޕޭނެއް ފަށައިފި

ރާއްޖެ އިޝްތިހާރު ކުރުމަށް އިމޭޖިން މެގަޒިން އާއެކު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން 0އެމްއެމްޕީއާރްސީ) ޢީން ކެމްޕޭނެއް ފަށައިފި އެވެ.

މިއީ ރާއްޖޭގެ މަގުބޫލް ނަން ދަމަހައްޓައި ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށާއި ރާއްޖޭގެ ބްރޭންޑް ސްވިސް މާކެޓްގައި ހަރުދަނާކޮށް މި މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ފެށި ކެމްޕޭނެއް ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

މި ކެމްޕެއިން ކުރިއަށްދާނީ މި ޖޫން މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށާއި މި ކެމްޕެއިނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ރާއްޖޭގައި ތަޖުރިބާކުރެވޭ ކަންތައްތައް އިޝްތިހާރު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އިމޭޖަން މެގަޒީނަކީ ކަމުދާ ޚިޔާލުތަކާއި ޓްރެވެލް ރިޕޯޓާއި ދުނިޔޭގެ އެންމެ މަގުބޫލް މަންޒިލްތަކުގެ ފޮޓޯ ގެލެރީ ފަދަ ކޮންޓެންޓް ހުށަހަޅާ މެގަޒިނެކެވެ. ލުތްފަންސާއާއި ސްވިސްގެ އިތުރުން އޮސްޓްރިއަން އެއަރލައިންސް އާއި ޔޫރޯވިންގ އަދި އެޑެލްވެއިސް ފަދަ ތަފާތު އެއަރލައިންތަކުގައި އިމޭޖިން މެގަޒިން ހުރެއެވެ.

އެމްއެމްޕީއާރުސީން ދަނީ މިވަގުތު “ލެޓްސް ގޯ ޓުއަރސް” އާއި ގުޅިގެން ސްވިސް މާކެޓައް އަމާޒުކޮށް އިޝްތިހާރުކުރުމުގެ ކެމްޕެއިނެއްވެސް ކުރިއަށްގެންދަމުންނެވެ. އެ މާކެޓައް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޕްރިންޓް އެޑްވަޓައިސްމެންޓާއި ފެމިލިއަރައިޒޭޝަން ޓްރިޕް އާއި ޓްރޭޑް ޕާޓްނަރުންނާއި ގުޅިގެން ޑެސްޓިނޭޝަން އީ-ލާނިންގް ކެމްޕެއިނާއި މީޑިޔާ އިވެންޓް އަދި ކޮންސިއުމާ ބްރޭންޑްތަކާއި ގުޅިގެން ކުރާ ހަރަކާތްތައް ހިންގުން ހިމެނެ އެވެ.

Like
Like Love Haha Wow Sad Angry