ޚަބަރު ފީތާ

މި ސަރުކާރުން ފްލެޓުތަކުގެ އަގު ކަނޑައަޅާނީ އާމްދަނީއަށް ބަލާފަ: އަސްލަމް

މި ސަރުކާރުން ފްލެޓުތަކުގެ އަގު ކަނޑައަޅާނީ އާމްދަނީއަށް ބަލާފައި ކަމަށް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 1000 ހައުސިންގ ޔުނިޓުގެ މަަސައްކަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ މީގެކުރިން ޢަމަލުކުރެވެމުން އައި އުސޫލުގެ ދަށުން އެންމެ ފަގީރު މީހާއަށްވެސް އަދި އެންމެ މުއްސަނދި މީހާއަށްވެސް ގެދޮރުވެރިކުރުމުގައި ބެލިފައި އޮތީ އެއްއަގެއް ކަމަށެވެ.

” އެއީ ހަމަޖެހޭ އުސޫލެއް ނޫން. މިސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކުރުވުމުގެ މަޝްރޫޢުތަކުގެ އަގުތަށް ކަނޑައަޅާނީ ރައްޔިތުންގެ ޢާމްދަނީއަށް ރިޢާޔަތްކޮށްގެން.” އަސްލަމް ވިދާޅުވި އެވެ.

ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 1000 ހައުސިންގ ޔުނިޓަކީ 9 ޓަވަރެވެ. މީގެތެރެއިން ފުރަތަމަ ޓަވަރުގެ ޢަމަލީ މަސައްކަތުގެ ތެރެއިން 20 އިންސައްތަ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިމޭނެކަމަށް ލަފާކުރައްވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Like
Like Love Haha Wow Sad Angry