ޔޫރޯ 2020: ( ގުރޫޕް އެފް) ފްރާންސް – ޖަރުމަން

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި މިރެއަކީ ބޮޑު ރެއެވެ. މިފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަ އަދި ފޯރިގަދަ މެޗު ތައް މިރޭ ކުޅޭނެއެވެ. މިފަހަރުގެ މުބާރާތުގެ މަރުގެ ގްރޫޕުގެ ގޮތުގައި ފާހަގަ ކުރެވިފައިއޮތް ގުރޫޕް އެފްގެ މެޗުތައް މިރޭ ފެށޭއިރު، އޭގެތެރެއިން އެންމެ ފޯރި ގަދަވާނެ މެޗު ކަމަށް ގިނަބަޔަކު ދެކޭ މެޗަކީ ފްރާންސް އާއި ޖަރުމަން ބައްދަލުކުރާ މެޗެވެ.

އެންމެ ފަހުން 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ އެއް ކޮޅުން ފައިނަލް ކުޅެފައިވާ ފްރާންސްއިން މި މުބާރާތަށް ކުރިމަތިލީ މިފަހަރުގެ ޔޫރޯ ކާމިޔާބުކުރުމުގެ ވަރުގަދަ އަޒުމުގައެވެ.

އިޝްތިހާރު Below Header ad

2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުވެސް ކާމިޔާބު މޮށްފައިވާ ފްރާންސް އާއި ދެކޮޅަށް މިރޭ ނިކުންނަ ޖަރުމަނުގެވެސް އެންމެ ބޮޑު އުންމީދަކީ މިފަހަރުގެ މުބާރާތުގެ ތަށި އުފުލާލުމެވެ. ޖަރުމަނަކީ ޔޫރޯގެ އެންމެ ކާމިޔާބު އެއް ގައުމެވެ. ޖަރުމަން ވަނީ މީގެ ކުރިން މި މުބާރާތުގެ ތަށި ތިން ފަހަރު ކާމިޔާބުކޮށްފައެވެ. ގުރޫޕް އެފްގައި ހިމެނޭ ފްރާންސް އާއި ޖަރުމަން މިރޭ ބައްދަލުކުރާ މެޗަކީ މިފަހަރުގެ މުބާރާތުގައި ކުޅޭނެ އެންމެ ފޯރިގަދަ އެއްމެޗަށް ވާނެއެވެ.

ޖަރުމަން އަދި ފްރާންސް ބައްދަލުކުރާ މި މެޗު ކުޅޭނީ ޖަރުމަންގެ މިއުނިކުގައި ހުންނަ އެލިއާންޒް އެރީނާ ސްޓޭޑިއަމްގައެވެ. މި ރޭގެ މެޗު ބެލުމަށް 14000 ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ވަނީ ހަމަޖެހިފައެވެ.

ފްރާންސް އަދި ޖަރުމަންގެ ތާރީޚީ ބައްދަލުކުރުންތައް

ޖަރުމަން އަދި ފްރާންސް މީގެ ކުރިން 31 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެތެރެއިން 14 ފަހަރު ފްރާންސް މޮޅުވެފައިވާއިރު، ޖަރުމަން މޮޅުވެފައިވަނީ 9 ފަހަރުއެވެ. އެއްވަރުވެފައިވަނީ 8 ފަހަރުއެވެ.

ދެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތައް

ފްރާންސް އެންމެ ފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ. އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.
ޖަރުމަނަށް ބަލާއިރު، އެޓީމު އެންމެ ފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން މޮޅުވީ ތިން މެޗުންނެވެ. އެއް މެޗުން މޮޅުވިއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

ފަރާންސް އަދި ޖަރުމަން ބައްދަލުކުރާ މި ފޯރިގަދަ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.