ބޭރޫތު ޕޯޓްގައި ހިނގި ހާދިސާ ތަހުގީގު ކޮށްދިނުމަށް އ.ދ އަށް ގޮވާލައިފި

މިދިޔަ އަހަރު ބޭރޫތު ޕޯޓްގައި ބާރުގަދަ އެއްޗެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގައިދިނުމަށް ބައިނަލްއަޤްވާމީ އަދި އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކަކުން އ.ދ ގައި އެދިއްޖެއެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައި ވަނީ، ތަހުގީގު ހިންގައިދިނުމަށް އ.ދ ގައި އެދިފައި ވަނީ ލުބްނާންއާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކަކާއި އަމިއްލަ ޖަމިއްޔާ ހިމެނޭހެން 53 ޖަމިއްޔާއެއްގެ އިތުރުން، މި ހާދިސާގައި ސަލާމަތްވި 62 ފަރާތަކާއި އަދި މި ހާދިސާގައި މަރުވި އަދި އަނިޔާ ލިބުނު އާއިލާތަކުގެ ފަރާތުން އދ އަށް ފޮނުވި ސިޓީއަކުންނެވެ.

އިޝްތިހާރު Below Header ad

ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައި ވަނީ، މިހާދިސާގެ ތަހުގީގުގައި އިންސާފުން ބޭރު އެތައް ކަމެއް އެޖަމިއްޔާއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޭގެތެރޭގައި ތަހުގީގަށް ސިޔާސީ ނުފޫޒު ފޯރުވުމާއި، ތަހުގީގީ މަރުހަލާއާއި ޚިލާފު ވުމާއި އަދި އިންސާފްވެރި ތަހުގީގަކާއި ޝަރީއަތަކަށް މަގުފަހި ކޮށްފައި ނުވުން ހިމެނޭކަމަށް އެޖަމިއްޔާއިން ބުނެފައިވެއެވެ.

ފާއިތުވި އަހަރުގެ އޮގަސްޓް 4 ވަނަ ދުވަހުގެ މި ނުރައްކާތެރި ހާދިސާގައި ބިންގަނޑުގެ ބޮޑު ބަޔަކާއި އެއްކޮށް މުޅި ޕޯޓްވަނީ ހަލާކުވެ ކަނޑުއަޑިއަށް ޣަރަޤުވެފައެވެ. އަދި މި ހާދިސާގައި 211 މީހުން މަރުވެ 6000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ، އެހިސާބުގެ އެތައް އިމާރާތެއް ވަނީ ހަލާކުވެފައެވެ. ހާދިސާ ހިނގާފައި ވަނީ ސަލާމަތްތެރި ކަމާއެކު ކެމިކަލް ރައްކާކުރަންވީ އުސޫލުތަކާއި ޚިލާފަށް ރައްކާކޮށްފައި ހުރި އެމޯނިއަމް ނައިޓްރޭޓް ގުދަނެއްގައި އަލިފާން ރޯވެ، އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި އެގުދަނުގައި ހުރި އެމޯނިއަމް ނައިޓްރޭޓް ގޮވުމުގެ ސަބަބުންނެވެ. އެމޯނިއަމް ނައިޓްރޭޓަކީ އަލިފާން ވަރަށް ބޮޑަށް ހިފާ ނުރައްކާތެރި މައުދަނެކެވެ. އަދި ބެލެވޭ ގޮތުގައި އެވަގުތު އެގުދަނުގައި 3000 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުއްޓެވެ.

ގުދަނުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދިވެސް ހޯދިފައި ނުވާއިރު، 2014 އިން ފެށިގެން އެ ގުދަނުގައި ކެމިކަލް ރައްކާކޮށްފައި ހުރީ ކޮންބައެއްގެ ބެލުމުގެ ދަށުގައި ކަމެއްވެސް ހޯދިފައެއް ނުވެއެވެ.

ހިއުމަން ރައިޓްސް ވޮޗްގެ ފަރާތުން ވާހަކަ ދައްކަވަމުން ލުބްނާންގެ ރިސާޗަރ އާޔާ މަޖްޒޫބް ބުނެފައި ވަނީ، ފުރިހަމަ އަދި އިންސާފްވެރި ތަހުގީގެއް ހިންގިދާނެކަން ސާބިތު ކޮށްދިނުމަށް ލުބްނާނަށް 10 މަސްދުވަހުގެ މުއްދަތެއް ލިބިއްޖެ ކަމަށާއި، އެހެންނަމަވެސް އިންސާފްވެރި ތަހުގީގެއް ހިންގުމަށް ލުބްނާން ނާކާމިޔާބު ވެފައިވާ ކަމަށެވެ.

ފާއިތުވި ޑިސެމްބަރ މަހު ފަރުވާކުޑަ ކުރުމުގެ ސަބަބުން ބޭރޫތު ޕޯޓުގައި ނުރައްކާތެރި ހާދިސާ ހިނގީކަމަށް ބުނެ ލުބްނާންގެ ބޮޑުވަޒީރު ހަސަން ދިއާބްއާއި އިތުރު 3 ވަޒީރެއްގެ މައްޗަށް ވަނީ ދައުވާކޮށް މައްސަލަ ކޯޓަށް ވައްދާފައެވެ. އެހެންނަމަވެސް އޭގެ 2 މަސް ފަހުން އެމައްސަލަ ބަލާ އިސް ގާޒީ ވަނީ ބަދަލު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.