ފިލިޕިންސްގެ ވެބްޑިވެލޮޕަރަކު އަލަތު ދަރިފުޅަށް ވަރަށް ޓެކް ނަމެއް ކިޔައިފި!

ފިލިޕިންސްގެ ވެބް ޑިވެލޮޕަރަކަށް ލިބުނު އަލަތު ދަރިފުޅަށް އޭނާގެ ދާއިރާ އާއި ގުޅޭ ރީތި ނަމެއް ކިޔާފައިވާ ކަމަށް ބުނެފި އެވެ.

ފިލިޕިންސްގެ ބުލަކަން ޕްރޮވިންސްގެ އަންހެނަކު ފޭސްބުކްގައި ބުނެފައިވަނީ އޭނާއަށް ބޮޑުދައިތަ ކިޔާ ކުއްޖަކު ލިބިފައިވާ ކަމަށާއި އެ ކުއްޖާގެ ނަމަކީ “އެޗްޓީއެމްއެލް” ކަމަށެވެ. އެ ކުއްޖާގެ ނަމުގެ ދިގު ގޮތަކީ “ހައިޕާ ޓެކްސްޓް މާކްއަޕް ލެންގުއޭޖް ރާޔޯ ޕަސުއަލް” އެވެ.

އިޝްތިހާރު Below Header ad

ނަމުގެ ގޮތުން ގިނަ މީހުންނަށް ކުއްޖާގެ ޖިންސް އޮޅިދާނެ އެވެ. އެއީ ފިރިހެން ކުއްޖެ ކެވެ.

އެ އަންހެން މީހާ ބުނެފައިވަނީ ދަރިފުޅަށް އެ ނަން ދޭން އޭނާގެ ބޭބެ ނިންމީ ބޭބެ މަސައްކަތް ކުރާ ދާއިރާގެ ގޮތުން ކަމަށެވެ.

ލިބުނު ފުރަތަމަ ދަރިފުޅަށް ކީ ނަމުން އެ ކުއްޖާގެ މަންމަވެސް ހުރީ ވަރަށް އުފަލުން ކަމަށް އެ އަންހެން މީހާ ފޭސްބުކްގައި ބުނެފައިވެ އެވެ. އަދި އާއިލާވެސް އެ ނަމާއި މެދު ހިތްހަމަ ޖެހޭ ކަމަށް ބުންޏެވެ.

މިއީ މިދިޔަ އަހަރު އިންޑޮނޭޝިއާގެ އަންހެނަކު އޭނާގެ ދަރިފުޅަށް ކީ މޮޅު ނަމުގެ ފަހުން މިހަކަ ނަމެއް ކީކަން ހާމަވި ފުރަތަމަ ފަހަރެވެ.

އިންޑޮނީޝިއާ ދެމެފިރިއަކަށް މިދިޔަ އަހަރު ލިބުނު ދަރުފުޅަށް ކިޔާފައިވަނީ “ވައި” އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.