އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ގާތްގަނޑަކަށް 100 މުސްލިމުން ކާމިޔާބީ ހޯދި ސަބަބު

މުސްލިމުންނާ ދެކޮޅަށް ދެކެވުނު ނަފުރަތުގެ ވާހަކަތަކުގެ ސަބަބުން ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ މެދުގައި އުފެދުނީ އިތުރު ހިތްވަރާއި ސާބިތުކަމެއް ކަމަށް ތަޖުރިބާކާރުން މައުލޫމާތުދެ އެވެ.

ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް އިން ބުނާ ގޮތުގައި މި ހަފުތާގައި ބޭއްވި މިޑްޓާމް އިންތިޚާބުގައި ފެޑެރަލް ސްޓޭޓް އަދި ލޯކަލް ފެންވަރުގެ އެކި ދާއިރާތަކުން މަދުވެގެން 97 މުސްލިމް އެމެރިކަނުން ވަނީ ކާމިޔާބީ ހޯދާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ މިދިޔަ އަހަރު ހޯދި ބޮޑު ކާމިޔާބީއަކީ ކުރިން މިފަދަ ފުރުސަތުތަކާ މެދު ނުވިސްނާ ތިބި އެހެން މުސްލިމުންނަށް މި މަގަށް ނުކުތުމަށް ލިބުނު ބޮޑު ހިތްވަރެއްކަން ޔަގީނެވެ.

އިތުރު ދިހަވަރަކަށް ކެންޑިޑޭޓުން އަދިވެސް ތިބީ ވޯޓުގެ ފަހު ނަތީޖާގެ އިންތިޒާރުގަ އެވެ.

ސިޓީތަކާއި ކައުންޓީތަކުގެ އުސޫލުތަކާއި ސިޓީ މެދުވެރިކޮށް ފޮނުވާ ވޯޓުތައް ގުނުމުގައި ހޭދަވާ ވަގުތަށް ބަލާއިރު ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް މި ކެންޑިޑޭޓުން ތިބީ އިދިކޮޅު ކެންޑިޑޭޓުންނަށްވުރެ ކުރީގަ އެވެ.

މި ކާމިޔާބީތައް ހޯދާފައިވަނީ ޕްރައިމަރީ މަރުހަލާ ކާމިޔާބުކޮށް އަމިއްލަ ޕާޓީގެ ޓިކެޓުގައި އިންތިޚާބަށް ނުކުތް 168 މުސްލިމް ކެންޑިޑޭޓުންގެ ތެރެއިންނެވެ.

މީގެ ތެރެއިން އެމެރިކާގެ 7 މުސްލިމުން ވަނީ ވޮޝިންގޓަން ޑީސީއަށް އިންތިޚާބުވެފަ އެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއަށް ހަ ބޭފުޅަކު އިންތިޚާބުވިއިރު އޭގެ ތެރޭގައި މިހާރުވެސް އެ މަގާމުތަކުގައި ތިއްބެވި އިލްހާން އުމަރު، ރަޝީދާ ތަލައިބް، އެންޑްރޭ ކާސަން އަދި ލަތީފާ ސައިމަން ހިމެނެ އެވެ.

މީގެ އިތުރުން އަލަށް މި ދާއިރާއަށް ނުކުތް އާދަމް ހަމަވީ އަދި ދާރިއަލީޒާ އަވީލާ ޝެވެލިއޭ ވެސް ވަނީ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

އައިޝާ ވަހާބްގެ ނަތީޖާ ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް ކަށަވަރު ނުވި ނަމަވެސް އޭނާ އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ތިއްބަވާ މުސްލިމް މެންބަރުންގެ އަދަދު އިތުރުވާނެ އެވެ.

އެމެރިކާގެ ސެނެޓަށް އިންތިޚާބުވެފައިވަނީ އެެންމެ މުސްލިމެކެވެ.

އެއީ އަބްދުލް އަލް ސައްޔިދެވެ. އޭނާ ވެގެންދާނީ ސެނެޓުގެ މަތީ މަޖިލީހުގައި ހަ އަހަރުގެ ދައުރެއް އަދާކުރައްވާ ފުރަތަމަ މުސްލިމަށެވެ.

ކެއަރ އިން ބުނާ ގޮތުގައި ސްޓޭޓް ފެންވަރުގެ އެކި މަގާމުތަކަށް 39 މުސްލިމުން އިންތިޚާބުވެފައިވެ އެވެ.

މީގެ ތެރޭގައި އެޓާނީ ޖެނެރަލް ކަމާއި، ސްޓޭޓް ޤާނޫނު ހަދާ މަޖިލީހުގެ ދަށު ގޭގެއާއި މަތީ ގޭގެ ގޮނޑިތައް ހިމެނެ އެވެ.

ކައުންޓީ އަދި މުނިސިޕަލް ފެންވަރުގައި 16 ކެންޑިޑޭޓަކު ކާމިޔާބު ހޯދިއިރު ތައުލީމީ ދާއިރާގެ ބޯޑުތަކަށް 27 މުސްލިމުން ވަނީ އިންތިޚާބުވެފަ އެވެ. އަދި އަށް ބޭފުޅަކު ވަނީ ފަނޑިޔާރުކަމުގެ މަގާމަށް އިންތިޚާބުވެފަ އެވެ.

މި ތާރީޚީ ކާމިޔާބީއަކީ މުސްލިމުންނާ ދެކޮޅު ވިސްނުންތަކާއި ނަފުރަތުގެ އަމަލުތައް ޚާއްސަކޮށް ރިޕަބްލިކަން ޕާޓީގެ ތެރޭގައި އިންތިޚާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ހޯދި ބޮޑު ކާމިޔާބީއެއް ކަމަށް މުސްލިމް ޕަބްލިކް އެފެއާޒް ކައުންސިލް ފަދަ ޖަމާޢަތްތަކުން ފާހަގަކުރެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.