ޖާބިރުގެ ސުވާލެއް: ދީނޭ ކިޔައިގެ ވާހަކަ ދައްކަން ޕީޕީއެމް ޕީއެންސީ އެއީ ކޮންބައެއްތޯ؟

ދީނޭ ކިޔައިގެ ވާހަކަ ދައްކަން ޕީޕީއެމް ޕީއެންސީ އެއީ ކޮންބައެއްތޯ؟ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރުގެ ބަހުގެ ހަމަލާއެއް ޕްރޮގްރެސިވް ކޯލިޝަނަށް ފޮނުވައިފި އެވެ.

ނަފްރަތުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެމްޑީޕީއަށް ކާމިޔާބެއް ލިބެންޏާ އެއީ ލާދީނީ ގްރޫޕެއްގެ ގޮތުގައި ސިފަކުރާ ކަމަށެވެ. އަދި އެއީ ރައީސް މައުމޫން ސިޔާސީ ގޮތުން “ފެއިލްވަމުން” ދިޔަ ދުވަސްވަރު ކިޔަންފެށި އެއްޗެއް ކަމަށެވެ.

އިޝްތިހާރު Below Header ad

“ދިވެހިރާއްޖޭގައި ހަރުކަށި ފިކުރުގެ ބަޔަކު އެބަތިބި. އެބަޔަކު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަނީ ދީން. އެމްޑީޕީ ވުޖޫދުގައި އޮންނަން ޖެހޭ. އެމްޑީޕީ ބައިބައި ވެއްޖެ ނަަމަ ޑިމޮކްރެސީ ގެނައުމަށް ކުރި މަސައްކަތް ފަހަތަށް ހިނގައިދާނެ.” ޖާބިރު ވިދާޅުވި އެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ އެމްޑީޕީގެ ތެރެއިން މި ސަރުކާރު ވައްޓާލަން ޕާޓީއެއް އުފެދުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގައި ހިނގާ ކަންކަން އެތެރެއިން ނިންމަންޖެހޭ ކަމަށެވެ.

މަޖިލީހުގައި އެމްޑީޕީގެ މެޖޯރީޓީ އޮވެ، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ހެޔޮ މަގަށް ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އެޅުވުމުގައި މުހިއްމު ދައުރެއް އަދާ ކުރެވޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ކަލޯ ޖާބިރާ ޖާބިރު ލާޑީނީ ކަންތަކުގައި އެމީހުނާ ބައިވެރިވާނެތާ ހޮނޑައިދޫގައި ތިބާއާއެކު އެރަށު ގޮނޑުދޮށުގައި ފަސްބާޑިޖެހީ އެޕާޓިގެ ކުދިންނާއެކުގައިވީމަ . ޖަލްސާގައިވެސް ހަމަހޭގައި ހުންނަވަނި މަދު ދުވަހެއްގައިހެން ހީވަނި އެހެންނާފަހެ ، ރޫހާނި ލީޑަރގެ ބަހަށް (24ގަޑިއިރު އެންމެން ހަމަހާގައި ތިބޭކަށްނުޖެހާ) އަމަލް ކުރާ މީހުންގެ ތެރެއިން މީހެއް ޖާބިރަކިވެސް ދޮއްތަ.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.