ޚަބަރު ފީތާ

4000 ޔުނިޓް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހި، ކޮންސްޓްރަކްޝަން ކުންފުނިތައް ހޯދަނީ

މާލޭގައި 4000 ޔުނިޓް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހި، އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ކުންފުނިތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގެދޮރުވެރިޔާ ލޯން ސްކީމް” ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަމަކީ ވަރަށްބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއް ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ މުޅިރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢެއް ކަމަށެވެ.

ޚާއްޞަކޮށް، މާލޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް، ގެދޮރުވެރިކުރުމަށްޓައި ފަށާފައިވާ މަޝްރޫޢު ކުރިއަށްދާކަން ރައީސް ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ 7000 ފްލެޓް އެޅުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ގެދޮރުވެރިޔާ ލޯނު ސްކީމަކީ ހަ ޕަސެންޓު އިންސްޓްރެސްޓުގައި، ދިގު މުއްދަތުން ދައްކާ ޚަލާޞްކުރާ ގޮތަށް، ތަޢާރަފުކުރި ލޯނު ސްކީމެކެވެ.

މި ލޯނު ސްކީމުގައި ބައިވެރިވުމަށް ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަންޖެހޭނީ އެމީހާއަށް ލިބިފައި އޮތް ގޯތި ނުވަތަ އެމީހާއަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ ޢިމާރާތެވެ. އަދި ގިނަވެގެން މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 5000 ރުފިޔާ އެވެ.

ހަދަން ފަށާފައިވާ ގެ ނިންމާލުމަށްޓަކައި، ބޭނުންވާ ފައިސާ ހޯދުމަށް ގިނަވެގެން ހަތް ލައްކަ ރުފިޔާ، ކޮންމެ ފަރާތަކަށް ވެސް މި ލޯނު ސްކީމުގެ ދަށުން ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިލޯނު ސްކީމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ލުއިގޮތެއްގައި އެކަން ކޮށް ނިންމާލުމުގެ ފުރުޞަތު ފަހިވެގެންދާނެކަން ފާހަގަކުރައްވާފަ އެވެ.

 

Like
Like Love Haha Wow Sad Angry