މި އަހަރުގެ މެއި މަހު 3.2 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފި

މި އަހަރުގެ މެއި މަހު 3.2 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހާމަކުރި ތަފާސް ހިސާބުގައިވާ ގޮތުން ނިމިދިޔަ 2020 ވަނަ އަހަރުގެ މެއި މަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މި އަހަރުގެ މެއި މަހު މި ޢަދަދުވަނީ 3.2 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ.

އިޝްތިހާރު Below Header ad

ކަސްޓަމްސް އިން ބުނީ ފާއިތުވި މެއި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 105 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

މީގެއިތުރުން، ފާއިތުވި މެއި މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު، 104 އިންސައްތަ އިތުރުވެފައިވާ ކަމަށާއި 2020 ވަނަ އަހަރުގެ މެއި މަހު 117 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި މި އަހަރުގެ މެއި މަހު މި ޢަދަދުވަނީ 238 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައި ވެއެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން އަދި ޔޫ.އޭ.އީ އެވެ.

އިންޑިއާ އިން 449 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާނުން 431 މިލިއަން ރުފިޔާގެ މުދާ އަދި ޔޫ.އޭ.އީ  އިން 377 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.