މަޙްރަމަކާއި ނުލައި އަންހެނުންނަށް ހައްޖަށް ދެވޭގޮތަށް ސައުދީއިން ޤަވާއިދު ބަދަލު ކޮށްފި

މަޙްރަމަކާއި ނުލައި އަންހެނުންނަށް މިހާރު ޙައްޖުގެ އަޅުކަމަށް ދެވޭ ގޮތަށް އާދީއްތަ ދުވަހުން ފެށިގެން ސައުދީގެ ޤަވާއިދު ބަދަލު ކޮށްފިކަމަށް ސައުދީގެ މިނިސްޓްރީ އޮފް ޙައްޖްއިން އިޢުލާނު ކޮށްފިއެވެ.

އެމިނިސްޓްރީއިން ނެރުނު އިޢުލާނެއްގައި ބުނެފައި ވަނީ، ޙައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކުން ވަކިވަކިން ރަޖިސްޓްރީ ވުމަށާއި، އަންހެނުންނަށް މަޙްރަމަކާއި ނުލައި އެހެން އަންހެނުންނާއި އެކު ޙައްޖަށް ދިއުމަށް ރެޖިސްޓްރީ ވެވޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ސައުދީގައިވެސް އަދިވެސް ފެތުރެމުން ދާތީ މިއަހަރުގެ ޙައްޖުގެ އަޅުކަމަށް އާދެވޭނީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން 60،000 މީހުންނަށް އެކަނި ކަމަށް ސައުދީއިން ވަނީ މިދިއަ ހޮނިހިރު ދުވަހު ނިންމާފައެވެ. އެކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހައްޖްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިފައި ނުވުމާއި އަދި ކޮރޯނާ ވައިރަސްގެ އައު ވޭރިއަންޓްތައް ފެނި، ހަލުވިކަމާއެކު ފެތުރެމުން ދާތީ، މިއަހަރުގެ ހައްޖުގެ އަޅުކަމަށް އަންނަ މީހުންގެ އަދަދު މަދުކޮށް، ހަމައެކަނި ސައުދީގެ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ ފަރާތްތަކަށް އެކަނި ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ހައްޖަށް ދިއުމަށް ރެޖިސްޓަރ ވެވޭނީ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ، ނުވަތަ 14 ދުވަސް ކުރިން ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ކަމަށް ވެސް އެމިނިސްޓްރީއިން ބުނެފައިވެއެވެ.

މަޙްރަމަކާއި ނުލައި އަންހެނުންނަށް ހައްޖަށް ދެވޭ ގޮތަށް ޤަވާޢިދު ބަދަލު ކޮށްފައިވާއިރު، މީގެ ކުރިން ސައުދީގައި ހައްޖަށް އަދި އުމްރާއަށް ވެސް 45 އަހަރުން ދަށުގެ އަންހެނުންނަށް މަޙްރަމަކާއި ނުލައި ދިއުމަކީ މަނާ ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.