ޚަބަރު ފީތާ

ލާމަރުކަޒު ހަދާފައި ހުރިހާ މީހުނަށް ވަޒީފާދީގެން، އިކޮނޮމީ މިހާރުވެސް މިއޮތީ ނުފޯރާ ފޮތިން ފޫގަޅައިގެން: ޖާބިރު

ސިޔާސީ ގޮތުން ގޯސްހެދިފައިވާނަމަ އެކަންކަން އިސްލާހު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ނެވެ.

ޖާބިރު ވިދާޅުވީ ޤާނޫނުއަސާސީގައިވެސް ރާއްޖެއަށް ނުކަތާވަރުގެ އެއްޗެއް ލިޔެވިފައިވާނަމަ އެކަންޖެހޭނީ ބަދަލުކުރަން ކަމަށެވެ. އަދި ސިޔާސީ ގޮތުން ގޯސްހެދިފައިވާނަމަ އެކަންކަން އިސްލާހު ކުރަންޖެހޭ ކަމަށެވެ.

މިހާރު ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށްވެސް ތާއީދު ނުކުރައްވާކަން ހާމަކުރައްވާ ޖާބިރު ވިދާޅުވީ ޤާނޫނުއަސާސީގައި ލާމަރުކަޒީ ނިޒާމު އޮތްގޮތް ބަދަލުކޮށް ޚަރަދު ކުޑަ ގޮތަކަށް ރާއްޖެ ހިންގަން ޖެހޭ ކަމަށެވެ.

” ރާއްޖެ އަނެއްކާވެސް ލޮކްޑައުނެއް ކުރަންވެސް ޖެހުނީ ޕެންޑެމިކްގެ ހާލަތުގައި އިންތިޚާބު ބޭއްވުމުން. އެކަންކަމަށް އޭރުވެސް ދޮކޮޅު ހަދަމުން ދިޔައިން.” ޖާބިރު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ހިންގަމުން އަންނަގޮތުން ޚަރަދު ބޮޑުވާ ކަމަށާއި ދިގު މުއްދަތަކަށް ބަލާއިރު މި ނިޒާމަކީ ފައިދާހުރި ނިޒާމެއް ނޫން ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ލާމަރުކަޒު ހަދާފައި މި ހުރިހާ މީހުނަށް ވަޒީފާދީގެން، އިކޮނޮމީ މިހާރުވެސް މިއޮތީ ނުފޯރާ ފޮތިން ފޫގަޅައިގެން ކަމަށެވެ.

Like
Like Love Haha Wow Sad Angry
1
%d bloggers like this: