ޚަބަރު ފީތާ

ރައީސް ސޯލިހުގެ ވެރިކަމުގެ ކޮންމެ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހަކަށް ވެއްޖެ: ޑރ. ޖަމީލު

ރައީސް ސޯލިހުގެ ވެރިކަމުގެ ކޮންމެ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހަކަށް ވެއްޖެކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެ، ރައީސް ސޯލިހަށް ވަރަށްބޮޑަށް ފާޅުވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެއަރޕޯޓްތައް ބޭރު ކުންފުނިތަކަށް ދެނީ ހީލަތްތެރިކަމުން ކަމަށެވެ. އަދި ދިވެހި ބިމާއި ވިޔަފާރިތައް ދިވެހިންގެ އަތުން ފޭރިގަތުމަށް ކަމަށެވެ.

މީގެ އިތުރުން ގައުމަށް ނުރައްކާ ވެއްޖެ ކަމަށާއި ރައީސް ސޯލިހަކީ ބޭރުބައެއްގެ އެޖެންޓެއްކަން ކަށަވަރު ވެއްޖެ ކަމަށް ވެސް ޑރ. ޖަމީލުގެ ޓްވީޓުގައި ވަނީ ވިދާޅުވެފަ އެވެ.

ޑރ. ޖަމީލުގެ މި ޓްވީޓަކީ ބޭރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގެ އެއަރޕޯޓުތައް ހިންގޭގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ގެ ޕޮލިސީއަށް ބަދަލު ގެނައުމާ ގުޅިގެން ކުރެއްވި ޓްވީޓެކެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އިސްލާހުގައި ވަނީ އެއްވެސް ދިވެހި ހިއްސާއެއް ނޯންނަ 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއަރޕޯޓުތައް އޮޕަރޭޓު ކުރެވޭނެ ކަމަށެވެ.

އެކަން ކުރެވޭނީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށާއި ފްރެއިޓް ސަރވިސް ނުހިމެނޭހެން ރާއްޖޭގައި އެއަރ ޓްރާންސްޕޯޓުގެ ޚިދުމަތްތައް ދިނުމަށް 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށްވެސް އެ އިސްލާހުގައި ވަނީ ބުނެފަ އެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެ އެވެ.

file:///C:/Users/ChubbyTECH/Downloads/gazette-50-193.pdf

 

Like
Like Love Haha Wow Sad Angry