ޔޫރޯ 2020: ( ގުރޫޕް ޑީ)- ސްކޮޓްލެންޑް – ޗެކްރިޕަބްލިކް

ޔޫރޯ 2020 ގެ މެޗުތައް މިހާރު ފެށިގެން ކުރިއަށްދާއިރު ގްރޫޕް ޑީ ގައި ހިމެނޭ ސްކޮޓްލެންޑް އާއި ޗެކްރިޕަބްލިކް މިއަދު ހަވީރު ބައްދަލުކުރާނެއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސްކޮޓްލެންޑްގެ ހެމްޕްޑެން ޕާކުގައެވެ. ސްކޮޓްލެންޑްގެ ގައުމީ ސްޓޭޑިއަމުގެ ގޮތުގައި ބެލެވޭ މި ސްޓޭޑިއަކީ އެއްފަހަރާ 52 ހާސް މީހުންނަށް ކުޅިބަލަން ވަދެވޭ ގޮތައް ފަރުމާކޮށްފައިވާ ސްޓޭޑިއަމް އެކެވެ. މި މެޗު ބެލުމަށް 20 ހާސް ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ޔޫއެފާއިން ވަނީ ނިންމާފައެވެ.
ގުރޫޕް ޑީގައި ހިމެނޭ ސްކޮޓްލެންޑް އަދި ޗެކްރިޕަބްލިކް މިއަދު ހަވީރު ރާއްޖޭގަޑިން 6 ޖަހާއިރު ބައްދަލުކުރާއިރު ރޭ ވަނީ މި ގުރޫޕުގެ މެޗެއް ކުޅެފައެވެ. އިންގްލެންޑް އަދި ކްރޮއޭޝިއާ ބައްދަލުކުރި މި މެޗު 0-1 އިން ކާމިޔާބުކޮށްފައިވަނީ އިންގްލެންޑުންނެވެ.

ސްކޮޓްލެންޑް އަދި ޗެކަރިޕަބްލިކްގެ ތާރީޚީ ބައްދަލުކުރުންތައް

އިޝްތިހާރު Below Header ad

ސްކޮޓްލެންޑް އަދި ޗެކަރިޕަބްލިކް މިހާތަނަށް ނުވަފަހަރު ވަނީ ބައްދަލުކޮށްފައެވެ. އޭގެތެރެއިން 3 ފަހަރު ސްކޮޓްލެންޑް މޮޅުވެފައިވާއިރު، ޗެކްރިޕަބްލިކް ވަނީ ހަތަރު ފަހަރު މޮޅުވެފައެވެ. އެއްމެޗު ވަނީ އެއްވަރުވެފައެވެ. މި ދެޓީމް އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2020 ވަނަ އަހަރު ނޭޝަންސް ލީގުގައެވެ. އެފަހަރު 0-1 ގެ ނަތީޖާއިން މޮޅުވެފައިވަނީ ސްކޮޓްލެންޑެވެ.

ދެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތައް

ސްކޮޓްލެންޑް އެންމެ ފަހުން ކުޅުނު ފަސްމެޗުގެތެރެއިން ދެ މެޗުން މޮޅުވެ ތިންމެޗުން ވަނީ އެއްވަރުވެފައެވެ.
ޗެކްރިޕަބްލިކް އެންމެ ފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.