އިތުރު 224 މީހުންނަށް ކޮވިޑު ޖެހިއްޖެ
ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި އިތުރު 224 މީހުންނަށް ކޮވިޑު ޖެހިއްޖެ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ކޮވިޑު ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 113 މީހުންނާއި އަތޮޅުތަކުން 104 މީހުން ނެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 7 މީހުން ނެވެ.
ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި 3734 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ ޢަދަދަކީ 9326 އެެވެ. މިއާއެކު ރާއްޖެެއިން 70301 މީހުންނަށް ވަނީ ކޮވިޑު ޖެހިފަ އެވެ.
ތަފާސް ހިސާބުން ދައްކާ ގޮތުގައި 88 މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ އިރު، 60769 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން މިހައިތަނަށް ނިޔާވެފައިވަނީ 197 މީހުން ނެވެ.
✳️ COVID-19 : Case Updates pic.twitter.com/cnjizkxNVo
— Health Protection Agency (@HPA_MV) June 13, 2021