ޚަބަރު ފީތާ

“ކޮޕަ އެމެރިކާ” މުބާރާތް މިރޭ ފަށަނީ، ފުރަތަމަ މެޗުގައި ބްރެޒިލް އާއި ވެނެޒުއެލާ

ދެކުނު އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ” ކޮޕަ އެމެރިކާ” މިރޭ ބްރެޒިލްގައި ފަށާނެއެވެ.

މިރޭ ދަންވަރު ރާއްޖޭ ގަޑިން 2 ޖަހާއިރު މި މުބާރާތް ފަށާއިރު މި މުބާރާތް ހުޅުވިގެންދާނީ ގުރޫޕް ބީގައި ހިމެނޭ މުބާރާތް ބާއްވާ ގަުމުމު ބްރެޒިލް އާއި ވެނެޒުއެލާ ބައްދަލުކުރާ މެޗުންނެވެ.

މިރޭ ފަތިހު 5 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކޮލަމްބިއާ އަދި އެކުއެޑޯއެވެ. މިވެސް ގުރޫޕް ބީގެ މެޗެކެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިޔަށްދާ މި މުބާރާތް މިރޭ ފަށާއިރު މި މުބާރާތް ކުރިޔަށްދާނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބްރެޒިލް އަދި ވެނެޒުއެލާ ހިމެނެނީ ގުރޫޕް ބީގައެވެ. މި ދެޓީމުގެ އިތުރުން ދެން މި ގުރޫޕުގައި ހިމެނެނީ ކޮލަމްބިއާ، އިކުއެޑޯ އަދި ޕެރޫއެވެ.

ގުރޫޕް އޭގައި ހިމެނެނީ އާޖެންޓީނާ، ބޮލީވިއާ، އުރުގުއޭ، ޗިލީ އަދި ޕެރަގުއޭއެވެ.

ކޮންމެ ރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރާނެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "“ކޮޕަ އެމެރިކާ” މުބާރާތް މިރޭ ފަށަނީ، ފުރަތަމަ މެޗުގައި ބްރެޒިލް އާއި ވެނެޒުއެލާ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.