ޔޫރޯ 2020: (ގުރޫޕްް ޑީ) އިންގްލެންޑް – ކްރޮއޭޝިއާ

ޔޫއެފާ ޔޫރޯ 2020 ގެ މެޗުތައް މިމަހުގެ
11 ވަނަ ދުވަހު ފެށިއިރު، މިހާތަނަށް އެ މުބާރާތުގެ ހަތަރު މެޗެއް ވަނީ ކުޅެފައެވެ. އެގޮތުން މިއަދު ހަވީރު ކުޅޭނީ މި މުބާރާތުގެ ފަސްވަނަ މެޗެވެ. އަދި ގުރޫޕް ޑީގެ ފުރަތަމަ މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ ކްރޮއޭޝިއާ އައި އިންގްލެންޑްއެވެ. މި މެޗު ކުޅޭނީ އިނގިރޭސި ވިލާތުގެ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ވެމްބްލީ ސްޓޭޑިއަމަކީ އެއްފަހަރާ 90،000 މީހުންނަށް ވަދެވޭ ސްޓޭޑިއަމަކެވެ. މިއީ އިނގިރޭސި ވިލާތުގެ ޖާގައިގެ ގޮތުން އެންމެ ބޮޑު އެއް ސްޓޭޑިއަމްއެވެ. ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން މިއަދުގެ މި މެޗު ބެލުމަށް 20،000 ސަޕޯޓަރުން ވެމްބްލީ ސްޓޭޑިއަމްއަށް ވައްދަން ޔޫއެފާއިން ވަނީ ނިންމާފައެވެ.

އިޝްތިހާރު Below Header ad

ޔޫރޯގެ ގްރޫޕް ޑީގައި ހިމެނޭ އިންގްލެންޑާއި އާއި ކްރޮއޭޝިއާ މިއަދު ހަވީރު ބައްދަލުކުރާ މި މެޗަކީ ގިރޫޕް ޑީގެ ފުރަތަމަ މެޗެވެ.

އިންގްލެންޑް އަދި ކްރޮއޭޝިއާގެ ތާރީޚި ބައްދަލުކުރުންތައް

އިންގްލެންޑް އަދި ކްރޮއޭޝިއާ ވަނީ މީގެ ކުރިން 10 ފަހަރު ބައްދަލުކޮށްފައެވެ. އޭގެތެރޭގައި ވާދަވެރި 8 މެޗަކާއި އެކުވެރިކަމުގެ ދެ މެޗެއް ހިމެނެއެވެ. މީގެ ތެރެއިން ފަސް މެޗުން އިނގްލެންޑް މޮޅުވެފަައި ވާއިރު، ކްރޮއޭޝިއާ ތިން މެޗަކުން މޮޅުވެފައިވެއެވެ. އެއްްވަރުވެފައިިވަނީ ދެ މެޗުންނެވެ.

މި ދެޓީމް އެންމެ ފަހުން ބައްދަލުކިރީ 2018 ވަނަ އަހަރު ޔޫއެފާ ނޭޝަންސް ލީގުގައެވެ. މި މެޗުގެ 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންގްލެންގެއެވެ.

މި ދެޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާ

އިންގްލެންޑް ކުޅުނު ފަސްމެޗުންވެސް އެޓީމު މޮޅުވެފައިވާއިރު، ކްރޮއޭޝިއާ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ ދެ މެޗުނަނެވެ. ދެ މެޗުން ވަނީ ބަލިވެފައެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.