
ޔޫރޯ2020: ބެލްޖިއަމް އިން ރަޝިއާ ބަލިކޮށް ފެށުން ރަނގަޅު ކޮށްފި
ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމް އާއި ރަޝިއާ ބައްދަލުކުރި މެޗު ބެލްޖިއަމް އިން ކާމިޔާބު ކޮށްފި އެވެ.
އެ ޓީމުން މި މެޗު ކާމިޔާބު ކުރީ 0-3 ލަނޑުން ނެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ބެލްޖިއަމް އިން ވަނީ 2 ލަނޑުގެ ލީޑެއް ނަގާފަ އެވެ. އެގޮތުން ފުރަތަމަ ލަނޑު ލުކާކޫ ޖަހައިދިން އިރު، ދެވަނަ ލަނޑު ޖަހައިދިނީ ތޯމަސް މުނަރ އެވެ.
ފަހު ހާފުގައި ދެޓީމުން ވެސް ލަނޑެއް ޖަހަން ވަރަށް މަސައްކަތް ކުރި އެވެ.
އެކަމަކު ރަޝިއާއަށް ކާމިޔާބުވާގޮތް ނުވެ، އުޅެނިކޮށް ބެލްޖިއަމްގެ ލުކާކޫ ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު އިތުރުކޮށްފަ އެވެ.
މި މުބާރާތުގައި މާދަމާ އިރުއޮއްސި 6 ޖަހާ އިރު، އިންގްލެންޑް އާދެކޮޅަަށް ކްރޭޝިއާ ނުކުންނަ އިރު، ރޭގަނޑު 9 ޖަހާ އިރު އޮސްޓްރޭލިއާ ނުކުންނާނީ ނޯތް މެސްޑޯނިއާ އާ ދެކޮޅަށެވެ. އަދި ދަންވަރު 12 ޖަހާ އިރު އޮންނާނީ ނެދަރލޭންޑްސް އާއި ޔޫކްރެއިން ބައްދަލުކުރާ މެޗެވެ.