ޚަބަރު ފީތާ

ކޮވިޑުގެ ޢަދަދުތައް ދަށަށް ގޮސް، މިއަދު 246 މީހުން

ހުކުރު ދުވަހު އިރުއޮއްސި 6 ން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6 އަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 246 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުން 88 މީހުންނާއި އަތޮޅުތަކުން 137 މީހުން ކަމަށެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 13 މީހުންނާއި ތަރައްގީވަމުން އަންނަ ރަށްތަކުން 8 މީހުން ވެސް މީގެތެރޭގައި ހިމެނޭ ކަމަށެވެ.

ފާއިތުވި 24 ގަޑި އިރުގެ މި ނަތީޖާއާއެކު ރާއްޖެއިން ކޮވިޑަަށް ޕޮޒިޓިވް ވި ޢަދަދު މިވަނީ 70077 އަށް އަރާފަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި 11041 ހުރި އިރު، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 97 މީހަކަށް އަންނަނީ ފަރުވާ ދެމުން ނެވެ.

މީގެ އިތުރުން މިބަލިން 58832 މީހުން ރަނގަޅުވެފައިވާ އިރު، 195 މީހުން ވަނީ ނިޔާވެފަ އެވެ.

Like
Like Love Haha Wow Sad Angry