ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ލޮޓަސް ފިހާރައިން 6 މިލިއަން މާސްކުގެ ޝިޕްމެންޓެއް ރާއްޖެ ގެންނަން ނިންމައިފި އެވެ.
މިއީ ކޮވިޑުގެ މި ހާލަތުގައި ރައްޔިތުންނަށް ހެޔޮ އަގުގައި ސާރޖިކަލް މާސްކު ފޯރުކޮށްދިނުމަށް އެ ފިހާރައިން ގެންނަ ޝިޕްމެންޓެކެވެ.
މި ޝިޕްމެންޓު ގެންނަނީ އެކިފަހަރު މައްޗަށް ބަހާލައިގެން ކަމަށް އެ ފިހާރައިން ވަނީ ބުނެފަ އެވެ.
ލޮޓަސް ފިހާރައިން ބުނީ އެއްފަހަރާ ގިނަ އަދަދެއްގެ މާސްކް ނެގުމުން، ރުފިޔާއަކަށް މާސްކެއްގެ މަގުން ރާއްޖޭގައި ވިއްކޭނެ ކަމަށެވެ. އަދި ހޯލްސޭލް ކުރާއިރު ފަސް ލާރި އާއި 10 ލާރި އާދެމެދުގެ އަގެއްގައި ވިއްކޭނެ ކަމަށެވެ.
‘މިއީ ކޮލިޓީ ރަނގަޅު، ފާމަސީތަކުން ވެސް ލިބެން ހުންނަ ތިން ފަށަލައިގެ މާސްކް. އަޅުގަނޑުމެން މި ބަލަނީ ރުފިޔާއަކަށް މާސްކެއް ިވިއްކަން. އެ ފިހާރައިން ބުންޏެވެ.
މި ޝިޕްމެންޓުގެ ފުރަތަމަ ބައި މިހާރު ރާއްޖެ އައިސްފައިވާ އިރު، އިތުރު ޝިޕްމެންޓުތައް ވެސް ވަރަށް އަވަހަށް އަންނާނެ ކަމަށް ލޮޓަސް ފިހާރައިން ބުންޏެވެ.
ކޮވިޑް19 އާ ގުޅިގެން މާސްކް އެޅުން މަޖުބޫރު އިރު، ހެޔޮ އަގެއްގައި މާސްކް ލިބެން ނެތުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާ އެކެވެ.
ސާރޖިކަލް މާސްކު ޢާންމުގޮތެއްގައި ފާމަސީތަކުން ދެ ރުފިޔާ އަށް ލިބުނަސް ބައެއް ތަންތަނުން ލިބެނީ 5 ރުފިޔާއަށެވެ.
އެހެންކަމުން ލޮޓަސް ފިހާރައިން މާސްކު ގެނެސް ރުފިޔާއަކަށް މާސްކެއް ވިއްކާނަމަ، އެއީ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު އުފާވެރި ކަމެކެވެ. ހިތްހަމަ ޖެހުމެކެވެ.
thiya maasku alhaigen ithurah
kovidu nujehi salaamaiy vaanekamuge kihaa varehge
guaranteed eboiytho
thiya maasku alhaigen ithurah
kovidu nujehi salaamaiy vaanekamuge kihaa varehge
guaranteed eboiytho
A.05100