ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ އަނބިކަނބަލުން ނަސްރީނާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މެޑަމް ނަސްރީނާ ކޮވިޑް ޓެސްޓު ހައްދަވާފައިވަނީ އިއްޔެ އެވެ. އަދި މިރޭ ނަތީޖާ ލިބުނު އިރު، ކޮވިޑަށް ޕޮޒިޓިވް ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

އިޝްތިހާރު Below Header ad

މެޑަމް ނަސްރީނާ މިވަގުތު ހުންނެވީ ގޭގައި ކަމަށާއި ހާޅުކޮޅު ރަނގަޅު ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، ރައީސް މައުމޫންވެސް ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އަދި އެމަނިކުފާނު ވަނީ ތިން ހަފުތާ ވަންދެން ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.