ޕްރިންސް ތޮލާލްގެ ކުރީގެ އަނބިކަނބަލުން ނާއިލާގެ އަގުބޮޑު ދަބަސް ވަގަށް ނެގި މައްސަލަ އެނބުރީ އެހެން ގޮތަކަށް!

ސައުދީ އަރަބިއްޔާގެ ޕްރިންސް އަލް ވަލީދު ބިން ތޮލާލްގެ ކުރީގެ އަނބިކަނބަލުން ނާއިލާ އަލް ރަޝީދުގެ އަގު ބޮޑު ދަބަހެއް ވަގަށް ނަގައިފި އެވެ.

އެކަމަނާގެ ގާނޫނީ ވަކީލާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ފްރާންސްގެ ވެރިރަށް ޕެރިސްގައި އެކަމަނާ ދިރިއުޅުއްވާ އެޕާޓްމެންޓުގައި އެވެ. ވަގު އެޕާޓްމެންޓަށް ވަދެފައިވަނީ ޑޮކްޓަރަކަށް ވެގެންނެވެ.

އިޝްތިހާރު Below Header ad

އުމުރުން 60 އަހަރުގެ ވަގު ޖިއަން މިޝޭލް އާއި މީގެ ކުރިން މެޑިޓެރޭނިއަންގެ ރިސޯޓަކުން ނާއިލާ އާއި ބައްދަލުވެފައިވެއެވެ.

ޖިއަން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ 729،635 އެމެރިކާ ޑޮލަރުގެ އަގުބޮޑު ދަބެހެކެވެ. ދެން ވަގަށް ނެގި ތަކެތީގެ ތެރޭގައި އަގުބޮޑު ގަހަނާތަކާއި، ގަޑިއާއި ހެދުން ހިމެނޭއިރު އެ ހުރިހާ ތަކެއްޗެއް އެޅުނީ 11 ކޮތަޅަށެވެ.

މި މައްސަލައިގަ އެމީހާ ފުލުހުންނަށް ޖަވާބުދާރީވަމުން ބުނެފައިވަނީ އެތަކެތި ނަގާފައިވާނެ ކަމަށާއި އެކަމަކު ކޮތަޅު ކޮތަޅަށް އަޅާފައި ހުރި އެއްޗިއްސަކީ ނައިލާގެ އެދުމަށް ފަންޑް ރައިސް ކޮށްގެން ފައިސާ ހޯދުމަށް އީބޭގައި ވިއްކުމަށް ގެންދިޔަ ތަކެތި ކަމަށެވެ.

އެކަމަކު ފަހުން އެނގުނު ގޮތުގައި އެތަކެތީގެ ތެރޭގައި ގިނައީ ވަގަށް ނެގި ތަކެއްޗެވެ. އަދި ފަހުން އޭނާ ވަނީ އެގެއިން ގެންދިޔަ 11 ކޮތަޅުގެ ސާމާނުގެ ތެރެއިން ނާއިލާ އާއި އޭނާ އެކުވެގެން އީބޭގައި ވިއްކަން ހަމަޖެއްސި އެއްޗެހި ހުރީ އެންމެ ދެ ކޮތަޅުގައި ކަމަށެވެ.

ނާއިލާ ޕެރިހަށް ދިރިއުޅުން ބަދަލު ކުރެއްވީ ޕްރިންސް ތޮލާލް އާއި ދެބޭފުޅުންގެ ކައިވެނި ނިމުމަކަށް ގެނެސް 2013 ވަނަ އަހަރު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.