ދިލިޕް ކުމާރު ހޮސްޕިޓަލުން ޑިސްޗާރޖު ކޮށްފި

ބޮލީވުޑް ލެޖެންޑަރީ އެކްޓަރ ދިލިޕް ކުމާރު ހޮސްޕިޓަލުން ޑިސްޗާރޖު ކޮށްފި އެވެ.

ޢުމުރުން 98 އަހަރުގެ ދިލިޕް ކުމާރަށް ނޭވާލާން އުނދަގޫވެ ސިއްޙީ ހާލަތު ގޯސްވުމުގެ ސަބަބުން މުމްބާއީގެ ޕީޑީ ހިންދޫޖާ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މި ޖޫން މަހުގެ 6 ވަނަ ދުވަހު އެެވެ.

އިޝްތިހާރު Below Header ad

އައިސީޔޫގޭ ވޯޑެއްގައި ފަރުވާ ދިނުމަށް ފަހު، އޭނާ ދޫކޮށްލީ މިއަދު އެވެ.

ދިލިޕް ކުމާރުގެ އަންހެނުން ޝާއިރާ ބާނޫ ބުނީ މިއަދު ވަރަށް އުފާވެއްޖެ ކަމަށާއި ދިލިޕް ހޮސްޕިޓަލުގައި އޮތް އިިރު، ހެޔޮ ދުޢާ ކޮށްދިން އެންމެނަށް ޝުކުރު އަދާކުރާ ކަމަށެވެ.

“ފުއްޕާމެއަށް ފެން އެޅިފަ ހުރީމަ. އެ ފެންތައް މިހާރު ވަނީ ނަގާފަ. ދެ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އަރާމު ކުރުމަށް. އުއްމީދުކުރަން ދިލިޕް ގެ ހާލު އިތުރަށް ރަނގަޅުވުމަށް އަދިވެސް އެންމެން ދުޢާ ކޮށްދޭނެ ކަމަށް.” ޝާއިރާ ބާނޫ ބުންޏެވެ.

ޝާއިރާ ބާނޫ ބުނީ މިހާރުހުރީ އެންޓިބައޮޓިކްސް ދީފައި ކަމަށާއި ގޭގައި ގަވާއިދުން ބޭނުންކުރާނެ ކަމަށެވެ.

YouTube player

60 އަށްވުރެން ގިނަ އަހަރު ވަންދެން ބޮލީވުޑްގައި ’ޓްރެޖެޑީ ކިންގ’ގެ ގޮތުގައި މަޝްހުރުވެފައިވާ އެކްޓަރ ދިލިޕް ކުމާރު ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން މުޣަލް-އޭ-އާޒަމް، ގަންގާ ޖަމުނާ، ކްރާންތީ އަދި ކަރްމާ އަކީ ގިނަބަޔަކު މިހާރުވެސް ބަލައިލުމަށް ބޭނުންވާ ފިލްމުތަކެެވެ.

ދިލިޕް ކުމާރު އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ 1998 ވަނަ އަހަރު ރިލީޒްކުރި ފިލްމު ”ގިލާ“ އިންނެވެ.

ދިލިޕް ކުމާރަށް 1994 ވަނަ އަހަރު ދާދާސާހަބް ޕަލްކޭ އެވޯޑް ލިބިފައިވާ އިރު، 2015 ވަނަ އަހަރު ޕަދްމާ ވިބޫޝަން އެވޯޑް ވެސް ވަނީ ލިބިފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.