ތޯރިގު ދުންޔާއަށް ވިދާޅުވަނީ ރިވެތިގޮތަކީ ކިތަންމެ ވާދަވެރި ކަމެއް އޮތަސް މަރުޙަބާ ކިޔުންކަމަށް!

ރިވެތިގޮތަކީ ކިތަންމެ ވާދަވެރި ކަމެއް އޮތަސް މަރުޙަބާ ކިޔުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮނޑި ރާއްޖެއިން ކާމިޔާބު ކުރުމަށް ކެމްޕެއިންނަށް ދައުލަތުގެ ބަޖެޓުގައި 4،354،772 ރުފިޔާ ކަނޑައަޅާފައިވާކަމަށް ވިދާޅުވެ، ދުންޔާ މައުމޫން ކުރައްވާފައިވާ ޓްވީޓަށް ރައްދު ދެއްވައެެވެ.

އިޝްތިހާރު Below Header ad

އެ ޓްވީޓަށް ރައްދުދެއްވާ ތޯރިގު ވިދާޅުވީ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ލިބުނީ ދިވެއްސަކަށް ކަމަށެވެ. އަދި ކިތަންމެ ވާދަވެރިނަމަވެސް ރިވެތި ގޮތަކީ މަރުޙަބާ ކިޔުން ކަމަށެވެ.

ކްލަބު ފެންވަރުގައާއި ގައުމީ ފެންވަރުގެ އެންމެމަތީ ސަފުގައި ފުޓްބޯޅަ ކުޅުއްވާ ރާއްޖެއަށް ފަޚުރުވެރި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ތޯރިގު (ޓޮމް) ވިދާޅުވީ އެކަން ކުރަންވީ އެއީ ދިވެހިރާއްޖޭގެ ނަމަށްޓަކައި ކަމަށާއި ކުޅިވަރުން ދަސްވި އެއްފިލާވަޅަކީ އެއީކަމަށެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރައްވާ ކުރެއްވި ކެމްޕެއިނަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދިވެހި ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކުރެއްވިކަމަށް ގިނަ ބަޔަކު ބުނަމުންދާ އިރު، ކޮވިޑު ބަލިމަޑުކަމުގެ މި ހާލަތުގައި ޤައުމުގެ އިޤްތިޞާދު ހީނަރުވެފައިވަނިކޮށް، ޝާހިދުގެ ކެމްޕެއިނަށް ބޮޑު ޚަރަދެއްކުރިކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުން ނެވެ.

އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމެވެ. ޢާންމު މަޖިލީހުގެ ރިޔާސަތުގެ ދައުރަކީ އެއް އަހަރެވެ.

މި މަޤާމަށް ހޮވިވަޑައިގެންނަވާ ބޭފުޅެއްގެ މަސައްކަތުގެ ތެރޭގައި އާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތުތައް ބެލެހެއްޓުމާއި ބަހުސްތަކުގައި މެމްބަރު ޤައުމުތަކަށް ވަގުތު ކަނޑައެޅުމާއި ނިޒާމީ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ރިޔާސަތައް ލިބޭނެ އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.