ޚަބަރު ފީތާ

ހަގީގަތަކީ ދުނިޔޭގެ ހާލަތު އެއްގޮތެއްގައި ތާއަބަދު ދެމި ނޯންނާނެކަން: ޚުތުބާ

އަޅުގަނޑުމެން ދަންނަންޖެހޭ ހަގީގަތަކީ ދުނިޔޭގެ ހާލަތު އެއްގޮތެއްގައި ތާއަބަދު ދެމި ނޯންނާނެކަން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ ދަތި ކަމަކަށް ފަހު، ފަސޭހަކަމެެއް އަންނާނެ ކަމާއި ތަދުމަޑުކަމަކަށް ފަހު، ތިޔާގި ކަމެއް އަންނާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފަ އެވެ. އަދި މިއީ ދުނިޔޭގައި ކަން ހިނގާ ގޮތް ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ހިތާމަތަކާއި ހިތްދަތިކަމާއި ހިތް ނޭދޭ ކަންކަން ތަޙައްމަލުކުރަން ނުޖެހޭ ބަޔަކު ނޫޅޭނެކަން ވެސް ހަނދާނަށް ގެންނަން ޖެހޭ ކަމަށް ޚުތުބާގައި ވެއެވެ.

“އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެން ވަނީ ﷲ މިންވަރު ކުރެއްވި ކަމެއް މެނުވީ ކުރިމަތިނުވާނެކަން ހިތުގެ އަޑިން ގަބޫލުކޮށް، ﷲއާ ވަކީލުކޮށް، ޘަވާބާއިި ދަރުމައަށް އެދޭ ޙާލު ކެތްތެރިވުމެވެ.” ޚުތުބާގައި ބުނެފައި ވެއެވެ.

 

 

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ހަގީގަތަކީ ދުނިޔޭގެ ހާލަތު އެއްގޮތެއްގައި ތާއަބަދު ދެމި ނޯންނާނެކަން: ޚުތުބާ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.