މިއަދުގެ ޢަދަދުތައް ހުރީ 300 ގަ
ރާއްޖެއިން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވީ 323 މީހުން ނެވެ.
ބުދަ ދުވަހުގެ އިރުއޮއްސި 6 ން ބްރާސްފަތި ދުވަހުގެ އިރުއޮއްސި 6 އަށް ރާއްޖެއިން ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 163 މީހުންނާއި އަތޮޅުތަކުން 143 މީހުން ނެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 9 މީހުންނާއި ލައިވް ބޯޑުތަކުން 8 މީހުން ނެވެ.
މިއާއެކު 69536 މީހުންނަށް ރާއްޖެއިން ކޮވިޑު ޖެހިފައިވާ އިރު، 55055 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.
ހޮސްޕިޓަލުގައި 115 މީހުނނަސްް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އިރު، ރާއްޖެއިން މިހައިތަނަށް 191 މީހުން ވަނީ މިބަލީގައި ނިޔާވެފަ އެވެ.
ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 14281 އެވެ.
✳️ COVID-19 : Case Updates pic.twitter.com/arGJ7tfn5Z
— Health Protection Agency (@HPA_MV) June 10, 2021