ކުއްލި ހާލަތުގައި އެމްބިއުލާންސްއަށް ގުޅުމަށް ނަމްބަރެއް ހަމަޖައްސައިފި

ކުއްލި ހާލަތުގައި އެމްބިއުލާންސްއަށް ގުޅުމަށް ނަމްބަރެއް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ މިއީ ކުއްލި ހާލަތުގައި އެމްބިއުލާންސް ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ދިނުމަށް އިމަޖެންސީ މެޑިކަލް ސަރވިސް ތައާރަފްކޮށް ޚާއްސަ ނަންބަރެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ނަމްބަރަކީ “100” ކަމަށެވެ.

އިޝްތިހާރު Below Header ad

މަބްރޫކް ވިދާޅުވީ އިމަޖަންސީ މެޑިކަލް ސަރވިސް އުފައްދާފައިވަނީ ހެލްތު މިނިސްޓްރީން އިސްނަގައިގެން އެމްއެންޑީއެފް ގެ އެހީތެރި ކަމާއެކު ކަމަށެވެ.

“މިވަގުތު އެންމެ އިސްކަމެއް ދޭނީ މާލެ ސަރަހައްދުގައި މިވަގުތު ތިބި ކޮވިޑް ބަލި މީހުންގެ ތެރެއިން އިމަޖެންސީ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް.” މަބްރޫކު ވިދާޅުވި އެވެ.

މި ސަރވިސް ތަޢާރަފްކޮށްފައި މިވަނީ ހާލު ދެރަވެގެން ފަރުވާ ހޯދަން ޖެހޭ ފަރާތްތަކަށް އެމްބިއުލާންސްގެ ޚިދުމަތް ނުލިބޭ ކަމަށް ބުނެ، ގިނަ ބަޔަކު ސަރުކާރަށް ފާޑު ކިޔަމުންދާ ވަގުތެއްގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.