ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޚިލާފުވެގެން އެއްހާހަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފި

ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ޚިލާފުވެގެން އެއްހާހަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފި އެވެ.

އެގޮތުން 1018 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ހިއްސާ ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ މާސްކު ނާޅާ ބޭރު ތެރޭގައި އުޅުމުގެ ސަބަބުން 253 މީހަކު ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ކާފިއު ވަގުތުގައި ހުއްދައާ ނުލާ ބޭރުގައި އުޅުމުގެ ސަބަބުން 615 މީހަކާއި އެ ވަގުތުތަކުގައި ވެހިކަލް ދުއްވައިގެން 150 މީހަކު ވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒިޒު ވިދާޅުވީ ފިހާރަތަކާއި ކެފޭ އަދި ޖިމްތައް އެޗްޕީއޭއިން އަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމަށް ކުރަމުންދާ މާސް އިންސްޕެކްޝަންގެ ތެރެއިން 81 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 80 ތަނެއް އުސޫލުތަކާ އެއްގޮތަށް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އުސޫލުތަކާ ޚިލާފުވި އެއް ފިހާރައަކަށް ނަސޭހަތްތެރި ވެފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.