އެސްޓީއޯ ގެ ޔޫފޯރިއާ ޕްރޮމޯޝަން، ދޫކޮށްލާވަރެއް ނޫން!
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ”ޔޫރޯފޯރިއާ“ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި ފިލިޕްސް، ހިޓާޗީ އަދި ސަމްސަންގު ބްރޭންޑުގެ ޓީވީތަކާއި ސައުންޑު ބާތައް ޚާއްސަ އަގެއްގައި ދަނީ ވިއްކަމުން ނެވެ.
“މި ޕްރޮމޯޝަނުގެ ދަށުން ސޯޝަލް މީޑިއާގައިވެސް ޚާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ. އެސްޓީއޯގެ ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ ކޮންޓެސްޓު މެދުވެރިކޮށް، ފިލިޕްސް ބްރޭންޑުގެ 65 އިންޗީގެ އެލްއީޑީ ޓީވީއަކާއެކު، ފިލިޕްސްގެ ސައުންޑު ބާއެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ.” އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
އެ ކުންފުނިން ބުނީ މި ކޮންޓެސްޓަށް ޖަވާބުތައް ފޮނުވަން ޖެހޭނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށާއި އިތުރު ތަފްސީލުތައް އެސްޓީއޯގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ހާމަ ކުރާނެ ކަމަށް ބުނެފައި ވެއެވެ.
”ޔޫރޯފޯރިއާ“ ލަކީ ޑްރޯ ހޮވުންވެސް އޮންނާނީ އެސްޓީއޯގެ ސޯޝަލް މީޑިއާގަ އެވެ.
Have you been thinking of upgrading your TV?
Here's your chance! We have launched Europhoria TV Promotion at @STO_HomeImp today!
Exciting offers await. 😃#StoEurophoria21 pic.twitter.com/FZAntAr61p— STO (@stoplc) June 10, 2021