ވަޒީރަކު ސަސްޕެންޑުކުރުމަކީ ރައީސްއަށް ލިބިދޭ ބާރެއް ނޫން: ޑރ. ޖަމީލު

ވަޒީރަކު ސަސްޕެންޑުކުރުމަކީ ޤާނޫން އަސާސީގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.

އިޝްތިހާރު Below Header ad

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ މިނިސްޓަރަކު ސަސްޕެންޑުކޮށް ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކުރުމަކީ ގާނޫނު އަސާސީ އާއި ޚިލާފު ކަމެއް ކަމަށެވެ.

ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފުގެ ފޮޓޯ އަކާއިއެކު ޑރ. ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިނިސްޓަރަކު ސަސްޕެންޑް ކުރުމަކީ ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރެއް ނޫން ކަމަށެވެ. އަދި މިނިސްޓަރަކު މަގާމުން ވަކިނުކޮށް ގާނޫނުއަސާސީން އޭނާއަށް މަތިކުރާ ދުސްތޫރީ ޒިންމާތަކުން ދުކުރުކުރުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރަކު ސަސްޕެންޑް ކުރިޔަސް ގާނޫނުއަސާސީ ބުނާގޮތުން މަޖިލީހަށް ޖަވާބުދާރީވާން ޖެހެނީ އެ މިނިސްޓަރަކު ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގަ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވަނީ އިއްޔެ އެވެ.

އެގޮތަށް އެންގުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުލޫފު މިނިސްޓަރުކަމުން ސަސްޕެންޑު ކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.