ޚަބަރު ފީތާ

ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެ، ކުޅުދުއްފުށި އަނެއްކާވެސް މޮނިޓަރިން އަށް ލައިފި

ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެ، ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިން އަށް ލައިފި އެވެ.

ރޭ 23:53 ގައި އެސިޓީ މޮނިޓަރިންއަށް ލާފައިވާއިރު، އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން އެރަށުން އަރާފޭބުން ވަނީ މަނާކޮށްފަ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެކެވެ. އެއީ ޢުމުރުން 45 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

މީގެ އިތުރުން އެމީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 27 މީހުން ފާހަގަ ކުރެވިފައިވާ އިރު، އޭގެތެރޭން 24 މީހުންގެ ސާމްޕަލް މިހާރުވަނީ ނަގާފަ އެވެ.

ކުޅުދުއްފުށި ސިޓީން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން މިދިޔަ މެއި މަހުވެސް އެސިޓީ ވަނީ މޮނީޓަރިން އަށް ލާފަ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެ، ކުޅުދުއްފުށި އަނެއްކާވެސް މޮނިޓަރިން އަށް ލައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.