ޚަބަރު ފީތާ

ސިންގަޕޫރުން މިއަދު ކޯވިޑަށް ޕޮސިޓިވްވީ އެންމެ ހަތަރު މީހުން!

ސިންގަޕޫރުގެ މަގެއްގެ މަތީގައި ބަޔަކު ހިނގަނީ --

ސިންގަޕޫރުންް މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ އެންމެ ހަތަރު މީހުން ކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ.

ސިންގަޕޫރު ހެލްތް މިނިސްޓްރީން ބުނީ ބުދަ ދުވަހު އެ ގައުމުން ޕޮސިޓިވްވި މީހުންގެ ތެރެއިން އެކަކީ ކުރިން ބަލި ޖެހިފައިވާ މީހެއްގެ ކޮންޓެކްޓެއް ކަމަށެވެ. އަނެއް ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ އެހެން ގައުމުތަކުން ސިންގަޕޫރަށް ދިޔަ ބައެކެވެ.

ހަތަރު ވަނަ މީހާ އަކީ އެއްވެސް ކޭސް އަކާއި ގުޅުން ނެތް މީހެކެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން ކޯވިޑް ކޭސްތައް މިހާ މަދުވެފައިވަނީ މިދިޔަ ހަފްތާއިން ފެށިގެންނެވެ. އެގޮތުން މިދިޔަ ހަފްތާގައި 126 ގައި އަދަދުތައް ހުރުމަށް ފަހު 70 އިން މި ހަފްތާގައި ވަނީ 26 އަށް ވެއްޓިފައި އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ސިންގަޕޫރުގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 158 މީހުންނަށެވެ.

ސިންގަޕޫރުގެ ސްކޫލެއްގައި ދަރިވަރުންތަކެއް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން —

5.7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިންގަޕޫރުގައި މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 62،219 މީހުންނަށެވެ.

އޭގެ ތެރެއިން މަރުވެފައިވަނީ އެންމެ 34 މީހުންނެވެ. ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 61،702 މީހުން ވަނީ ރަނގަޅުވެފައި އެވެ.

Like
Like Love Haha Wow Sad Angry
2

ޚިޔާލު 1 on "ސިންގަޕޫރުން މިއަދު ކޯވިޑަށް ޕޮސިޓިވްވީ އެންމެ ހަތަރު މީހުން!"

  1. އަލިފު ޙާ! | ޖޫން 10, 2021 at 00:13 | Reply

    ސިންގަޕޯރ އަށްއިންޑިޔާ މީހުންނަށް އެއްގޮތަކަށްވެސްނޭރޭ! އަދި ސިންގަޕޯރުން އިންޑިޔާއަށްވެސް ދިއުންމަނާ!

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.