ޚަބަރު ފީތާ

ރާއްޖެއިން މިއަދު ޕޮޒިޓިވް ވީ 341 މީހުން

ރާއްޖެއިން މިއަދު ޕޮޒިޓިވް ވީ 341 މީހުން ނެވެ.

އެޗްޕީއޭ އިން ބުނީ މީގެ ތެރޭގައި މާލެ ސަރަހައްދުން 160 މީހުންނާއި އަތޮޅުތަކުން 153 މީހުން ހިމެނޭ ކަމަށެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 28 މީހުން ވެސް ހިމެނޭ ކަމަށެވެ.

މި ޢަދަދާއެކު ރާއްޖެއިން 69213 މީހުންނަށް ކޮވިޑު ޖެހިފައިވާ އިރު، އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 15621 އެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 146 މީހުންނަށް ފަރުވާ ދެމުން އަންނަ އިރު، 53392 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ތެރެއިން 191 މީހުން ވަނީ ނިޔާވެފަ އެވެ.

Like
Like Love Haha Wow Sad Angry