ހިބަޅިދޫގެ މައްސަލައަށް ބ. މާޅޮހު ކައުންސިލުން ތަދައްޚުލްވާން ގަރާރެއް ފާސްކޮށްފި

ސްޕްރީމް ކޯޓުގައި ހިނގަމުންދާ ބ. ހިބަޅިދޫގެ މައްސަލައަށް ބ. މާޅޮހު ކައުންސިލުން ތަދައްޚުލްވާން ގަރާރެއް ފާސްކޮށްފި އެވެ.

މި ގަރާރު ފާސްކުރީ އެ ކައުންސިލުގައި ހިމެނޭ 5 މެމްބަރުންގެ އަޣުލަބިއްޔަތުން ނެވެ.

އިޝްތިހާރު Below Header ad

މިކަމާއިގުޅިގެން ބ. މާޅޮހު ކައުންސިލުގެ ރައީސް ޢަބްދުﷲ ސުޖާޢު އެޓޯލް ނިއުސް އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ ހިބަޅިދޫ އަކީ ގާނޫނީ ގޮތުން މާޅޮހުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށެވެ.

އެހެންނަމަވެސް މާޅޮހުގެ އިހްތިސާސް، ރައީސް ކަނޑައެޅުއްވި އިރު، ހިބަޅިދޫ ވައްދާފައި ނެތް ކަމަށެވެ. ސަބަބަކީ ހިބަޅިދޫއަކީ ޓޫރިޒަމަށް ސަރުކާރުން ނަގާފައިވާ ރަށަކަށްވާތީ ކަމަށް ވެސް ސުޖާޢު ވިދާޅުވި އެވެ.

“ހިބަޅިދޫއަކީ ހުރިހައި ޒަމާނެއްގައި ވެސް މާޅޮހުގެ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ރަށެއް. އެރަށަކީ މިހައިތަނަށް ޓޫރިޒަމާ ގުޅުންހުރި އެއްވެސް ކަމެއް ހިންގާފައިވާ ރަށެއް ނޫން.” ސުޖާޢު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެރަށުގެ މައްސަލަ ސްޕްރީމް ކޯޓުގައި އެ ހިނގަނީ އެރަށުގައި ރިސޯޓުހަދަން އޭރު އެއްބަސްވި ފަރާތާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިގެން ދަށުކޯޓުން ނިންމީ، އެ އެއްބަސްވުން އުވާ ނުލެވޭނެ ކަމަށް ކަމަށެވެ.

ނަމަވެސް ހައިކޯޓުން ދަށުކޯޓުގެ މައްސަލަ ބާތިލުކޮށްފައިވާތީ، އެ އެއްބަސްވުން އޮންނާނީ ނިމުމަށް އައިސްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Maalhos 4

“ދެން އަނެއްކާވެސް އެރަށް ލިބުނު ފަރާތުން އެއޮތީ އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިޢުނާފު ކޮށްފަ. އެ މައްސަލަ ދައުލަތާ އެއްކޮޅަށް ނިމިއްޖެ ނަމަ، މާޅޮހުގެ އިހްތިސާސް ގެ ތެރެއަށް ހިބަޅިދޫ ވައްދަދޭން ސަރުކާރަށް ފުރުޞަތު އެބައޮތް.” ސުޖާޢު ވިދާޅުވި އެވެ.

ސުޖާޢު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލުތަކާއި ރައްޔިތުން ބާރުވެރި ކުރުވުމުގެ މަހްފޫމަށް ބަލާ އިރު، އެންމެރަނގަޅު ގޮތަކަށް ވާނީ ހިބަޅިދޫ، މާޅޮހުގެ އިހްތިސާސް ގެ ތެރެއަށް ވެއްދުން ކަމަށެވެ.

އެހެންކަމުން އެ ގަރާރު އެގޮތަށް ފާސްކުރީ އެ މައްސަލައިގެ ތެރެއަށް މާޅޮހު ކައުންސިލުން ވަންނަން ޖެހޭނެކަމަށް ގަބޫލު ކުރެވޭތީ ކަމަށް ވެސް ސުޖާޢު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގަރާރާއި އެއްގޮތަށް އެ މައްސަލައަށް ތަދައްޚުލުވާން ސްޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް ތަދައްޚުލުވާން ފުރުސަތު ދޭނީތޯ ނުވަތަ ނޫންތޯ ނިންމާނީ ސްޕްރީމް ކޯޓުން ކަމަށް ވެސް ސުޖާޢު ވިދާޅުވި އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.