ރައީސް ނަޝީދަށް އަދިވެސް އެ ނުރައްކާތެރި ފުރުސަތު އެބައޮތް، މި ހިސާބަކުން މިކަމެއް ނުނިމޭ: ދޮންބިލެތް

ރައީސް ނަޝީދަށް އަދިވެސް އެ ނުރައްކާތެރި ފުރުސަތު އެބައޮތް ކަމަށާއި މި ހިސާބަކުން މިކަމެއް ނުނިމޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 2 ވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

އިޝްތިހާރު Below Header ad

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދޮންބިލެތް ވިދާޅުވީ އެންމެބޮޑު ހާސްކަމެއްގެ ތެރެއަށް ދާންޖެހޭ ސަބަބަކީ އެ ޙަމަލާގެ ތަހުގީގު ރަނގަޅަށް ހިންގާ، އެކަން ކުރި މީހުން ހޯދާ ކާމިޔާބަށް ހާސިލު ކުރެވިއްޖެނަމަ، ދެން ރާއްޖެއަށް ކުރިމަތިވެގެންދާނެ ބިރުވެރިކަން ހިތަށް ވަންނާތީ ކަމަށެވެ.

މިކަންކަން ނުބެލި ގޮސް، ތަކުރާރުވާން ފަށައިފިއްޔާ ރާއްޖޭގައި ފުރަތަމަ ވަޅީ ޖެހީމާވީގޮތާއި ފަހުން ޢާންމުކަމަކަށްވީމަ ވީގޮތް، ބޮންގޮއްވުމުގައި ވެއްޖިއްޔާ މާދެރަވާނެ ކަމަށާއި ރާއްޖޭގެ އިގްތިސޯދު ފުޑުފުޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ކުރިއަށް އޮތް ތާނގައިވެސް މިފަދަ ޙަމަލާތައް ހުއްޓުވޭނެތޯ، މިހާރު މިއޮތީ ވަރަށްބޮޑު ހިތި ތަޖުރިބާއެއް ކުރެވިފަ، ރާއްޖޭގެ ގިނަ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިފައިވާ އެންމެގިނަ ބައެއްގެ ތާއީދު އޮތް ބޭފުޅެއް ގާތްގަޑަކަށް އަވަހާރަކޮށްލީ، މިއީ ފޫބައްދަން އުނދަގޫ ބޮޑު ހިތާމައެއް، މިކަން މިގޮތަށް އޮތިއްޔާ ވަގި ގެކޮޅެއްގައި ވަކި ތަނެއްގައި ހުރުމަކުން އަންނާނެ ބަދަލެއް ނެތް، މިފަހަރުގެ ހާދިސާ ހިނގައިދިޔައީ އެމަނިކުފާނު ހުންނަވާ ގެކޮޅުގެތެރެެއިން ނޫން، އެއީ މާލޭގެ މަޖީދީ މަގުގެ މެދު، އެހެންވީމަ އަޅުގަނޑުމެންގެ ސެކިއުރިޓީ ހުރިހާ ކޮޅަކުން ވެސް ހަރުދަނާ ކުރަން ޖެހޭ.” މެމްބަރު ހަލީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މަޖިލިސް ރައީސްގެ އެމަގާމުގައި ހުންނަވާ ބޭފުޅާ އިސްތިއުފާ ދެއްްވައިފި ނަމަ، ނުވަތަ މަގާމުން ވަކިވެއްޖެ ނަމަ، ނުވަތަ ދައުރު ހަމަވުމުން އެމަގާގެއް ނޯންނާނެ ކަމަށެވެ.

އެކަމަކުު ތްރެޑް ލެވެލް ހައި-ބޭފުޅުންނަށް ވަކި ގެކޮޅެއްގައި ނެތް ކަމުގައި ވިޔަސް، ރައްކާތެރިކަމާއި ހިމާޔަތް ލިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު ވިދާޅުވީ ވެރިންނާއި ޢާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ނުހިނގާނޭގޮތަށް ބަލައިގެން ކުރިއަށްރާވާ ހިންގުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ގާތްގަޑަކަށްވެސް އަވަހާރަ ކޮށްލެވޭތަ ކޮންކަހަލަ ވާހަކައެއް ތިޔަ ދައްކަނީ . އެންމެ ފަހަރަކުވެސް ތިޔަބުނާ މީހާކައިރި ބުނެބަލަ ވަރަށް ވިޔާނުދާ ހަރުކަށި ޚިޔާލްގެ މީހުންވެސް އެބައުޅެޔޭ އެމީހުން ނުރުހޭނެޔޭ އިސްލާމްދީނަށް ކުޑައިމިސް ބަސް ބުނާކަށް އެހެންވީމަ އެފަދަ ވާހަކަ ދެއްކުމުންނާ އެފަދަ ކަންތައް ކުރާމީހުނަށް ހިތްވަރު ދިނުމުން ދުރުވެ ހުންނާށޭ.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.