
ޔޫރޯއާ ދިމާކޮށް ކުލަބު ޖަމްޢިއްޔާތަކަށް ޔޫތު މިނިސްޓްރީގެ އަގު ބޮޑު ހަދިޔާއެއް
ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅައިގެ ޢީދު “ޔޫރޯ 2020” އާއި ދިމާކޮށް ޗައިނާއިން ހަދިޔާކޮށްފައިވާ ޕްރޮޖެކްޓަރުތަކެއް ރާއްޖޭގެ ކުލަބު ޖަމްޢިއްޔާތަކަށް ދޫކުރާގޮތަށް ޔޫތު މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މިކަމާއި ގުޅުވައިގެން އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މި ޕްރޮޖެކްޓަރުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ކުލަބް ޖަމިއްޔާތަކަށް ކަމަށާއި އަދި މި ޕްރޮޖެކްޓަރުތައް ހޯދަން ބޭނުންވާ ކުލަބް ޖަމިއްޔާތަކުން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔުމަކުން އެކަން މިނިސްޓްރީގެ މެއިލް ބުރެަު@ޔޮުތހ.ގޮވ.މވ އަށް މެއިލް ކުރުމަށް އެދޭކަމަށެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތް މިމަހުގެ 11 ވަނަ ދުވަހު ފާށާއިރު، މި މުބާރާތުގެ މެޗުތައް ބެލުމަށް ގިނަ ދިވެހިން ތިބީ ކެތްމަދުވެފައެވެ. އެހެނީ ޔޫރޯ ފުޓުބޯޅަ މުބާރާތަކީ އަބަދުވެސް ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު މުބާރާތެކެވެ.
މިކަހަލަ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކަކީ ޒަމާނުއްސުރެ ވެސް ދިވެހީންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެފައިވާ މުބާރާތްތަކަށް ވާއިރު، މިކަހަލަ މުބާރާތްތަކާއި ދިމާކޮށް މާލޭގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ސްކްރީންތައް ހަރުކޮށްގެން މެޗުތައް ބެލާ ފޯރިނެގުން އޮވެ އެވެ. އެހެން ނަމަވެސް ކޮވިޑްއާއި ގުޅިގެން މި ފަހަރު މުބާރާތުގެ މެޗުތައް ބޮޑު ސްކްރީން ހަރުކޮށްގެން ބޭރު ތެރޭގައި ބަލާ ފޯރިނެގުމުގެ ފުރުސަތެއް ނެތެވެ. ހަޤީޤަތައް ބުނާނަމަ މިފަހަރުގެ ޔޫރޯ މުބާރާތުގެ މެޗުތައް ބަލަން ޖެހިފައިވަނީ ގޭގޭގެ ސިޓިންރޫމް ތަކުގައެވެ.
މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޔޫރަޕުގެ ތަފާތު 12 ގައުމެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މިފަހަރުގެ މުބާރާތް ކުރިއަށްގެންދާ 12 ގައުމަކީ އަޒަރުބައިޖާން، ބެލްޖިއަމް، ޑެންމާކް، އިންގްލެންޑް، ޖަރުމަނު، ހަންގޭރީ، އިޓަލީ، ނެދަލެންޑްސް، ރިޕަބްލިކް އޮފް އަޔަލެންޑް، ރޫމޭނިއާ، ރަޝިއާ، ސްކޮޓްލެންޑް އަދި ސްޕެއިން އެވެ.
ޔޫރޯ 2020 މުބާރާތް ކުރިޔައްދާނީ މިމަހުގެ 11 އިން އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
den keekuran dey projecteh jamaa athugai namaadhevves nukurevey