ރޭލެއްގެ ތެރޭގައި ނެށުމުން ކޯވިޑް ގަވައިދާ ހިލާފުވިކަމަށް ނިންމާ ދުބާއީ ފުލުހުން މީހަކު ހައްޔަރުކޮށްފި

ޔުއޭއީގެ ވިޔަފާރީގެ މައި ސިޓީ ދުބާއީގެ ރޭލެއްގެ ތެރޭގައި ނެށި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އެމީހާ ރޭލު ތެރޭގައި ނެށިކަން ފުލުހުންނަށް އެނގުނީ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ. ދުބާއީ ފުލުހުންގެ ބްރިގޭޑިއާ އުބައިދު އަލްހަތްބޫރު ވިދާޅުވީ އެމީހާ އަކީ އިންޑިއާ ދަރިކޮޅުގެ މީހެއް ކަމަށެވެ.

އިޝްތިހާރު Below Header ad

އޭނާ ވަނީ ކޯވިޑް-19 އާއި ގުޅިގެން އާންމުންތެރޭގައި އަމަލު ކުރަން ޖެހޭ އެންމެ އާންމު ގަވައިދު ކަމަށްވާ މާސްކު ނާޅައި އުޅެފައި ކަމަށެވެ. އަދި ނަށަން ހުރީވެސް މާސްކު ނާޅާ ކަމަށް ވިދާޅުވި އެވެ.

އުބައިދު ވިދާޅުވީ ރޭލުގައި ނެށި މީހާ ހައްޔަރު ކުރަން ޖެހުނު ސަބަބުތަކުގެ ތެރޭގައި އާންމު ތަނެއްގައި އެހެން މީހުންނަށް ޕްރައިވަސީއަށް ބެލުމެއް ނެތި އަމަލުތައް ބެހައްޓާފައިވާ ގޮތް ހިމެނޭ ކަމަށެވެ.

މި ކުށުގެ އަދަބެއްގެ ގޮތުގައި ގިނަ ވެގެން ހަމަހަށް ޖަލަށް ލުން ނުވަތަ 5،000 ދިރުހަމުން ޖޫރިމަނާ ކުރެވޭނެ އެވެ.

ދުބާއީ އަކީ އާންމު ތަންތަނުގައި ކުރާ މިފަދަ އަމަލުތަކަށް ވަރަށް ހަރުކަށި އަދަބު ދޭތަނެކެވެ.

އެގޮތުން މީގެ އަހަރުތަކެއް ކުރިން މަގުމަތީގައި ގިނަ ބަޔަކު ހިނގަމުން ދިޔަ ތަނެއްގައި ބާރަށް ސައިކަލު ދުއްވި ޒުވާނުންތަކަކަށް ވަނީ މަސް ދުވަސް ވަންދެން އަބަދެއްގެ ގޮތުގައި މަގުމަތި ސާފު ކުރަން ޖައްސާފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.