ވަރލްޑް އޯޝަން ޑޭ ފާހަގަ ކުރުމަށް ބ. މާޅޮހުގައި ޚާއްސަ ހަރަކާތެއް ހިންގައިފި

ވަރލްޑް އޯޝަން ޑޭ ފާހަގަ ކުރުމަށް ބ. މާޅޮހުގައި ޚާއްސަ ހަރަކާތެއް ހިންގައިފި އެވެ.

މި ހަރަކާތް އިންތިޒާމުކޮށް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތަކުން އެޓޯލް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގެ ފަޅުން 280 މީޓަރުގެ ސަހައްދެއް ސާފުކޮށްފައިވާ ކަމަށެވެ. އަދި ގޮނޑުދޮށަށް ލައްވެފައިވާ ކުނިތައް ނަގާ ސާފު ކުރެވުނު ކަމަށެވެ.

އިޝްތިހާރު Below Header ad

އޭނާ ވިދާޅުވީ މި ހަރަކާތުގައި ދެ ޖަމްބޯގެ ކުނި ނެގުނު ކަމަށާއި އޭގެ ތެރޭގައި ދަޅު، ފުޅި އަދި ޕްލާސްޓިކް ގިނަ ޢަދަދަކަށް ހުރި ކަމަށެވެ.

Maalhos 2 1

” އަޅުގަނޑުމެން މިއަދު ހިންގި މި ހަރަކާތަށް ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު. މިއީ ކޮވިޑުގެ ދުވަސްވަރު ކަމަށް ވާތީ، މި ކަން ކުރިއަށް ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން. މިސާލަކަށް މަސައްކަތް ފެށުމުގެ ކުރިން ކޮންމެމީހެއްގެ ވެސް ޓެމްޕްރޭޗަރ ޗެކް ކުރެވުނު.” އޭނާ ވިދާޅުވި އެވެ.

Maalhos 3

އޭނާ ވިދާޅުވީ މިއީ އެރަށު ކައުންސިލުން އިސްނަގައިގެން ސްކޫލު އަދި އަންހެނުންގެ ކޮމިޓީއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.