ޚަބަރު ފީތާ

ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ބ. އަތޮޅު ކައުންސިލާއެކު މަޝްވަރާކޮށްފި

ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ބ. އަތޮޅު ކައުންސިލާއެކު ޓޫރިޒަމް މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ މިއީ ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ބެހޭ ގޮތުން ކުރައްވާފައިވާ މަޝްވަރާ ކަމަށެވެ.

މި ޕްލޭނުގެ ދަށުން މީގެކުރިން ވެސް އެ މިނިސްޓްރީން ވަނީ ތިން އަތޮޅެއްގެ ކައުންސިލާއި މަޖިލިސް މެމްބަރުންނާއެކު މަޝްވަރާ ކުރައްވާފަ އެވެ.

އެގޮތުން ރ. އަތޮޅު ކައުންސިލާއި ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްރަށުގެ ކައުންސިލާ ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މި މަޝްވަރާ ބައްދަލުވުންތަކުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމްއާއި މިނިސްޓްރީގެ އެކްސްކޮމް މެމްބަރުންނާއި ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓްގެ މުވައްޒަފުން ދަނީ ބައިވެރިވެވަޑައިގަންނަވަމުން ނެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ކަނޑައަޅާފައިވާ 6 ސިޔާސަތުގެ ދަށުން ކައުންސިލްތަކާއި ގުޅުންހުރި އެކިއެކި ފަތުރުވެރިކަމުގެ ހަރަކާތްތަކުގެ މައުލޫމާތު ވަނީ ކަައުންސިލުތަކަށް ވަނީ ދީފަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: