ޚަބަރު ފީތާ

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފުތާއަކަށް ދަންމާލައިފި

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފުތާއަކަށް ދަންމާލައިފި އެވެ.

މިކަން އިޢުލާން ކުރެއްވީ މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ވިދާޅުވީ ކޮވިޑުގެ އަދަދުތައް ދަށަށް ދާން ފަށާފައި މިވަނީ ރައްޔިތުންގެ އެއްބާރުލުން ލިބޭތީ ކަމަށެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި ނަމަވެސް އާންމު ހާލަތަށް ދިއުމަށް އަދިވެސް ފިޔަވަޅުތައް ދެމެހެއްޓުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

ދެ ހަފްތާ ކުރީން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.

އެ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދޫކޮށްފައިވަނީވެސް ކޮންމެ ގޭބީސީއަކަށް ދެ މީހަކަށެވެ.

Like
Like Love Haha Wow Sad Angry
1