ޚަބަރު ފީތާ

ޔޫރޯ 2020 ޓީމް ޕްރޮފައިލް- ނޯތް މެސެޑޯނިއާ

އާބާދީގައި 2083394 މީހުން ދިރިއުޅެމުންދާ ޔޫރަޕަށް ނިސްބަތްވާ ނޯތް މެސެޑޯނިއާ އަކީ ފުޓްބޯޅައިގެ ތާރީޚެއް އޮތް ގައުމެއް ނޫނެވެ. މިހާތަނަށް ގައުމީ ލެވެލްގައި އެއްވެސް ބޮޑު މުބާރާތެއްގައި ވާދަކޮށްފައި ނުވާ މެސެޑޯނިއާ އަކީ އެއް އިރެއްގައިވެސް މާ މޮލެތި ކުޅުންތެރިންތަކެއް އުފެދޭ ގައުމަކަށް ވެސް ނުވެއެވެ. އެގޮތުން މިހާތަނަށް ބޭއްވުނު ފީފާ ވޯލްޑް ކަޕަކަށްވެސް އަދި ޔޫރޯ މުބާރާތަކަށްވެސް އެ ގައުމު ކޮލިފައިވެފައެއް ނުވެއެވެ. މިފަހަރުގެ ޔޫރޯ މުބާރާތަށް މެސެޑޯނިއާ ކޮލިޮފައިވެފައިވާއިރު، މިއީ އެގައުމުން ވާދަކުރާނެ ފުރަތަމަ ބޮޑު މުބާރާތެވެ.

ކޮލިފައިވީ ގޮތް

ނޯތް މެސެޑޯނިއާ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައިވަނީ އެގައުމުން ކުޅުނު ކޮލިފައިން ގުރޫޕު ޖީގެ ތިންވަނަ ލިބިގެން ޕްލޭއޮފް ކުޅެގެންނެވެ. އެގޮތުން ނޯތް މެސެޑޯނިއާ ޔޫރޯއަށް ކޮލިފައިވީ ޕްލޭއޮފްގައި ކޮސޯވޯ އަދި ޖޯޖިއާ ބަލިކޮށްފައެވެ.

ކޯޗު

ނޯތް މެސެޑޯނިއާގެ ކޯޗަކީ އުމުރުން 45 އަހަރުގެ އިގޯ އޭންގެލޯސްކީއެވެ. މެސެޑޯނިއާއަށް ނިސްބަތް ވާ އޭންގެލޯސްކީ އަކީ ކޯޗެއްގެ ގޮތުން ވަރަށް ކާމިޔާބު ކޯޗެއްކަމަށް ވަނީ ބެލެވިފައެވެ. ސަބަބަކީ ނޯތް މެސެޑޯނިއާގެ ތާރީޚުގައިވެސް އެ ގައުމު ބައިނަލްއަޤުވާ ބޮޑުމުބާތާކަށް މީގެ ކުރިން ކޮލިފައިވެފައި ނުވާއިރު، އޭނާގެ ކޯޗުކަމުގެ ދަށުން މިފަހަރުގެ މުބާރާތަށް ނޯތް މެސެޑޯނިއާ ކޮލިފައި ވެގެން ދިއުމެވެ. މެސެޑޯނިއާގެ ތާރީޚު ދުއް އެންމެ ކާމިޔާބު ކޯޗަށް އޭންގެލޯސްކީ ވެފައިވާއިރު، އޭނާގެ ކޯޗުކަމުގެ ދަށުން އެގައުމު މިފަހަރުގެ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ކީޕްލޭޔަރ

ނޯތް މެސެޑޯނިއާގެ މައި އިންޖީނަކީ ޔޫރަޕްގެ ބޮޑެތި ގިނަ ކުލަބުތަކަކަށް ކުޅެ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ފީވާޑް ގޯރާން ޕާންޑޭވްއެވެ. އޭނާ ވަނީ އިޓަލީގެ އެންމެ ކާމިޔާބު ތިން ކުލަބު ކަމުގައިވާ އިންޓަމިލާން، ލާޒިއޯ އަދި ނަޕޮލީއަށް ކުޅެފައެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ އިޓަލީގެ ޖެނޯއާއަށެވެ. ނިމިގެން ދިޔަ ސީޒަނުގައި ޖެނޯއާއަށް 30 މެޗު ކުޅެދިން އިރު އޭނާ ވަނީ 7 ލަނޑުވެސް ޖަހައިދީފައެވެ. ޕާންޑޭވް ނޯތް މެސެޑޯނިއާގެ ގައުމީޓީމަށް ކުޅެން ފެށީ 2001 ވަނަ އަހަރުގައެވެ. އެ އަހަރުން ފެށިގެން މިހާތަނަށް ނޯތް މެސެޑޯނިއާގެ ގައުމީޓީމަށް ކުޅެދިން 119 މެޗުގައި 37 ގޯލް ޖަހާދީފައިވެއެވެ. މިފަހަރުގެ ޔޫރޯއަށް ނޯތް މެސެޑޯނިއާ ކޮލިފައިކޮސް ދިނުމުގައި ޕާންޑޭވްގެ ހިއްސާ ބޮޑެވެ. ޕާންޑޭވް އަކީ ނޯތް މެސެޑޯނިއާގެ ގައުޓީމުގެ ކެޕްޓަންވެސް މެއެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މިފަހަރުގެ ޔޫރޯގައި ނޯތް މެސެޑޯނިއާ ހިމެނެނީ ގުރޫޕް ސީގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ނެދަލެންޑް، އޮސްޓްރިއާ އަދި ޔޫކްރެއިންނެވެ. މި ގުރޫޕުގައި ހިމެނޭ ޓީމުތަކަށް ބަލާއިރު، ނޯތް މެސެޑޯނިއާ ފިޔަވައި ދެން އޮތް ޓީމުތަކަކަކީ ޔޫރޯގައި މީގެ ކުރިން ކުޅެ ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއްވެސް ހޯދާފައިވާ ޓީމުތަކެކެވެ. މި ގުރޫޕުގައި ހިމެނޭ ޓީމުތަކުގެ ތެރެއިން އެންމެ ފެންވަރު ދައް ތަޖުރިބާ މަދު ޓީމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ހަމަ އެކަނި ނޯތް މެސެޑޯނިއާއެވެ. އެހެން ނަމަވެސް ފަހަކަށް އައިސް އެގައުމުން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު، މިއީ ހަމަ ކޮންމެ ޓީމަކުން ވެސް ޖެހިލުންވާވަރުގެ ނަތީޖާތަކެކޭ ބުނެވިދާނެއެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި ނޯތް މެސެޑޯނިއާގެ ފަރާތުން ތަފާތު ފެނިދާނެ ކަމަށް ގިނަ ތަޖުރިބާކާރުން ބުނެއެވެ.

ގުރޫޕު ސްޓޭޖުގައި ކުޅޭ މެޗުތައް

13 ޖޫން- ނޯތް މެސެޑޯނިއާ – އޮސްޓްރިއާ
17 ޖޫން- ނޯތް މެސެޑޯނިއާ – ޔޫކްރެއިން
21 ޖޫން – ނޯތް މެސެޑޯނިއާ – ނެދަލެންޑް

Like
Like Love Haha Wow Sad Angry
1

މިލިޔުމަށް ޚިޔާލު ފޮނުވާ "ޔޫރޯ 2020 ޓީމް ޕްރޮފައިލް- ނޯތް މެސެޑޯނިއާ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.